ޔޫރަޕުގެ ގައުމުތަކުގައި މިހާރު ފެތުރެމުންދާ މަންކީ ޕޮކްސްގެ ކޭސްތައް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފެތުރުން އެކަށީގެންވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފިއެވެ.

ސިއްހަތު ޖަމިއްޔާއިން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހޮނިހިރު ދުވަހާއިހަމައަށް އދ ގެ 12 މެމްބަރ ސްޓޭޓަކުން މަންކީ ޕޮކްސްގެ 92 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މަންކީ ޕޮކްސްކަމަށް ލަފާކުރެވޭ 28 ކޭސް ރިޕޯޓުކޮށްފައިވާކަމަށްވެސް ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

މަންކީޕޮކްސަކީ އިންފެކްޝަސް ޑިޒީޒްއެއްގޮތުގައި ކަނޑައަޅާފައިވާ ބައްޔެކެވެ. މިބަލި ޖެހޭ މީހުންގެ ހާލު މާބޮޑުނުވިނަމަވެސް މިބަލި ގިނައިން ފެނިފައިވަނީ އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުގައެވެ. ގައިންގަޔަށް އަރާ މިބަލި ކޮންޓްރޯލް ކުރުމަށް އަމިއްލަ ސާފުތާހިރުކަން އިސްކޮށް ގައިދުރުކޮށް އުޅުމަށް ސަމާލުކަން ދިނުމަށް ސިއްހީ ވުޒާރާތަކުން އިލްތިމާސްކުރެއެވެ.

ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި މިބަލި މިހާރު ފެތުރެމުންދަނީ ޖިންސީ ގުޅުމުން އަރާ ބަލިމަޑުކަމެއްގެ ގޮތުގައެވެ.

އެގޮތުން އެފްރިކާ ބައްރުގެ ގައުމުތަކުގެ އިތުރުން، ޔޫރަޕުގެ ބައެއް ގައުމުތަކާއި އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާއިންވެސް މަންކީޕޮކްސް މިހާރު ވަނީ ފެނިފައެވެ. މިބަލިޖެހުމުން ހުންއައުމާ، ބޮލުގަޔާއި ގައިގެ އެކިތަންތަނުގައި ރިއްސުމާއި، ހަންގަނޑުގައި ކުދި ބިހި ނެގުމާއި، ވަރުދެރަވުންފަދަ އަލާމާތްތައް ފެންނާނެކަމަށް ސިއްހީ ވުޒާރާތަކުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން