ފިންލެންޑްގެ ވާޓްސިލާ ކުންފުނިން ސްޓެލްކޯއާ އެކުގައި މަސައްކަތް ކުރާތާ 30 އަހަރުފުރޭ ޒަމާންވީ ގުޅުން ފާހާގަކޮށް ވާޓްސިލާއިން ސްޓެލްކޯއަށް ތައުރީފް ކޮށްފިއެވެ
ސްޓެލްކޯއާއި ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރު ސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕް، ވާޓްސިލާ ކުންފުންޏާ އެކުގައި މަސައްކަތް ކުރާތާ މިއަހަރަށް 30 އަހަރުފުރު ވަނީ ފުރިފައެވެ.
ރާއްޖެއަށް ފުރަތަމަ ވާޓްސިލާގެ ޖަނަރޭޓަރު ސެޓެއް ގެނައީ 1990 ވަނަ އަހަރެވެ. އާންމުގޮތެއްގައި ޑީސަލް ޖަނަރޭޓަރެއްގެ އުމުރަކީ 25 އަހަރު ނަމަވެސް، މާލޭ އިންޖީނުގެއަށް ގެނައި އެ ޖަނަރޭޓަރު ސެޓްތައް މިއަދާ ހަމައަށްވެސް ބޭނުންކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެ އެވެ. އެކަން ފާހަގަކޮށް ވާޓްސިލާއިން ވަނީ އެ ޖަނަރޭޓަރުތަކުގެ މެއިންޓަނެންސް ބެލެހެއްޓުމުގައި ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަގަކޮށް، އެ މަސައްކަތަށް ތައުރީފްކޮށްފައެވެ.
ވާޓްސިލާއިން ރާއްޖެއަށް 1990ގައި ފޮނުވި ދެ ޖަނަރޭޓަރު ސެޓުގެ އިތުރުން މާލޭ އިންޖީނުގެއަށް އިތުރު ހަ ޖަނަރޭޓަރު ސެޓެއް ގެނެސްފައިވެއެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަމުންދަނީވެސް ވާޓްސިލާގެ ހަ ޖަނަރޭޓަރު ސެޓެވެ. އެއާއެކު ވާޓްސިލާގެ އިންޖީނުތަކުގެ ކެޕޭސިޓީ ޖުމްލަ 100މެގަވޮޓަށް ވަނީ އަރާފައެވެ.
އޭގެ އިތުރުން ވާޓްސިލާގެ އެންމެފަހުގެ އުފެއްދުން ކަމަށްވާ ސްޓޭޓް އޮފް ދަ އާޓް އިންޖިން ކޮންޓްރޯލް އެންޑް މޮނިޓަރިން ސިސްޓަމް މިހާރު ސްޓެލްކޯގައި ވަނީ ބޭނުން ކުރަން ފަށާފައެެވެ. މިއީ ޖަނަރޭޓަރު ސެޓްތަކުން ކަރަންޓު އުފައްދަން ބޭނުންވާ ތެލުގެ މިންވަރު ކުޑަކޮށް، ވައި ތަޣައްޔަރުވާ އިންސައްތަ މަދުކުރުމަށް އުފައްދާފައިވާ ސިސްޓަމެކެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ގައުމަކަށް ކަރަންޓު ފޯރުކޮށްދޭންޖެހޭ ނިޒާމު ތަފާތުވިކަމުގައި ވީނަމަވެސް ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭ ކަމަށެވެ. އަދި އެއީ ވާޓްސިލާ ކުންފުނީގެ ޓެކްނިކަލް ގާބިލުކަމާއި އެފަރާތުން ދޭ ކަސްޓަމާ ސާވިސްގެ ފުރިހަމަކަމުން ކަމަށް ޝަރީފް ވަނީ ފާހަަގަކުރައްވާފައެވެ.
ޝަރީފު ވިދާޅުވީ، 1990 އަހަރު ބޭނުންކުރަން ފެށި ޖަނަރޭޓަރު ސެޓްތައް މިއަދާ ހަމައަށް އެހާ ފުރިހަމަށް މަސައްކަތްކުރުމަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ.
އަދި ވާޓްސިލާ ކުންފުނިން ސްޓެލްކޯއަށް ވެދީފައިވާ އަދި މިހާރު ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރަށްވައި ޝަރީފު ވަނީ، މުސްތަގުބަލުގައި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގައި ވާޓްސިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.
ވާޓްސިލާ އެނާޖީގެ ދެކުނު އޭޝިއާގެ ޑިރެކްޓަރު، ހެންރީ ވޭން ބޮކްސްޓެލް ވިދާޅުވީ ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތަކަށް ދެމިގެން މިދާ ވަރުގަދަ ގުޅުމަކީ ވަރަށް ފާހަގަކޮށްލެވޭ ގުޅުމެއް ކަމަށާއި 30 އަހަރު ވަންދެން ޖަނަރޭޓަރުތަކުން ކަރަންޓު ފޯރުކޮށްދެވުމުން އެނގެނީ ސްޓެލްކޯގެ އިންޖީނިއަރުންގެ ގާބިލުކަމާއި މެއިންޓެނެންސްގެ މަސައްކަތުގެ ފުރިހަމަކަން ކަމަށެވެ.
އަދި ވާޓްސިލާ ގުރޫޕްގެ އުއްމީދަކީ އެ ކުންފުންޏާއި ދިވެހި ސަރުކާރާއި ސްޓެލްކޯއާ އޮންނަ ގުޅުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރާ މަރުހަލާގައިވެސް އެގޮތުގައި ދެމިއޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއަކީ ރާއްޖޭގެ އިންޖީނިއަރިން ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި ގާބިލު އިންޖީނިއަރުންގެ ޕޫލް އޮތް ކުންފުންޏެވެ. އެގޮތުން އިންޖީނިއަރިން ފީލްޑުގައި 600 އަށްވުރެ ގިނަ މުވައްޒަފުން ސްޓެލްކޯގައި މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު