ރައީސް ޔާމީން ދޫކޮށް ނުދާނެކަމަށް ބުނެ ﷲ ގަންދީ ހުވާކުރި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ އެމްޓީޑީގެ ނާއިބު ރައީސަކަށް ހަމަޖައްސައިފިއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީގެ ނާއިބު ރައީސަކަށް ކުރިން ޕީޕީއެމްގައި އުޅުނު މުއާޒު ހަމަޖެއްސީ މިއަދުއެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުނުތާ ކައިރީގައި 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުވެސް މުއާޒު ވަނީ އަދީބާ ގުޅިގެން ސިޔާސީ މަސައްކަތްކުރަން އުޅެފައެވެ.
ނަމަވެސް އެއީ "ހާލަތުގެ ގޮތުން އުފެދުނީ ޝައިތާނީ ވިސްނުންތަކެއް" ކަމަށް އޭރު އޭނާ ބުނެފައިވެއެވެ. އަދި އޭރު އޭނާ އަދީބާ ގުޅެން އުޅުނީ އޭޑީކޭ ބިލްޑިންއަށް އޭނާ ދޭންޖެހޭ ކުލި ނުދެއްކިގެންކަމަށް ބުނާ މެސެޖްތަކެއްވެސް އޮތީ ލީކުވެފައެވެ.
ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ޑިސެމްބަރުގައި މުއާޒު ފޮނުވިކަމަށް ބުނާ މެސެޖުތަކެއްގައި އޮތީ މާތް ﷲ ގަންދީ ހުވާކޮށް ރައީސް ޔާމީން ދޫކޮށް ނުދާނެ ކަމަށާއި، (އަދީބާ ބައްދަލު ކުރެވުނީ) އުފެދުނު ޝައިޠާނީ ވަސްވާހެއްގެ ސަބަބުންކަމަށެވެ. އަދި އަދީބާ ބައްދަލުކުރި މައްސަލައިގާ މުޢާޒަށް ރައީސް ކުރައްވާ އިތުބާރު ގެއްލުވާ ނުލެއްވުމަށް އާދޭހާއެކު މެސެޖްގައި އެދިފައިވެއެވެ.
އެންމެފަހުން ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިންވެސް ވަނީ މުއާޒަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ހާލަތު އެހެން ގޮތަކަށް ބަދަލުކުރުމަށް މުއާޒު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި ހާދިސާވެސް އެއީ ނުހިނގާ ކަމެއްކަމަށް ހަދަން މަސައްކަތްކުރާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"މުއާޒަކަށް އެލޯންޗުން އަލިފާން ފެނުނުކަމަކަށް ނުވި. ދެން މިގަބޫލުކުރެވެނީ ގޮވުމެއް ގޮވައިފިނަމަ އަލިފާން އެކުލެވިގެންވާނޭ. އަލިފާން ނެތީއާ ލޯންޗު ގޮވީކީ ނޫން. މީހަކަށް ގެއްލުމެއްވެސް ނުވޭ. މިވަރު ކަންތައް މިސަރުކާރުން އެންޓަރޓެއިން މިކުރަނީ." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވެފައިވާއިރު، މީގެކުރިން 2018 ވަނަ އަހަރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މުއާޒު ވަނީ ފިނިފެންމާ ހާދިސާގައި ފޮރުވިފައިވާ ކަންތައްތަކެއްވާކަމަށް ބުނެފައެވެ. އަދި އެކަމާއި ގުޅިގެން ދައުރުވާ ވީޑިއޯތަކަކީ އެޑިޓްކުރެވޭނެ އެއްޗެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މުއާޒުގެ ވާހަކަތަކަކީ ދޭތެރެދޭތެރެއިން ބަދަލުވާ ވާހަކަތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން މިއަދު އަދީބު ޕާޓީއާ އޭނާ ގުޅުނުއިރު، 2015 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ކުރި ޓްވީޓެއްގައި ބުނީ އަހުމަދު އަދީބު އޭނާއަށް ރިޝްވަތު ދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ.

Alhugandu huri maqaamun badhalu kurumah @Ahmed_Adeeb masakkaiy kuree eynaa offer kuri "Rishwathuge hadhiyaa" ga nuhifumun #TeamBro ah nuvyma
— Ibrahim Muaz Ali 🇲🇻 (@IbrahimMuazAli) October 26, 2015
މުއާޒުގެ ވާހަކަތަކަކީ ދޭތެރެދޭތެރެއިން ބަދަލުވާ ވާހަކަތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން މިއަދު އަދީބު ޕާޓީއާ އޭނާ ގުޅުނުއިރު، 2015 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ކުރި ޓްވީޓެއްގައި ބުނީ އަހުމަދު އަދީބު އޭނާއަށް ރިޝްވަތު ދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު