(ވ) އެންތޮނީ އަލްބަނީސް.
(ވ) އެންތޮނީ އަލްބަނީސް.
އޮސްޓްރޭލިއާގެ މިހާރުގެ ސަރުކާރާ އިދިކޮޅު ޕާޓީގެ ލީޑަރ، އެންތޮނީ އަލްބަނީސް، އޮސްޓްރޭލިއާގެ އާ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

އޮސްޓްރޭލިއާގައި މިމަހު ބޮޑުވަޒީރަކު ހޮވުމަށް ކުރިއަށްދިޔަ އިލެކްޝަނުގައި އޮސްޓްރޭލިއާގެ މިހާރުގެ ސަރުކާރުގެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ގެއްލުނީ އޮސްޓްރޭލިއާގައި ކޮވިޑް މެނޭޖް ކުރުމާއި، މޫސުމީ ބަދަލްތަކާއި، ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިއުމާއިއެކު ސަރުކާރައް ކުރިމަތިވަމުންދިޔަ ޕްރެޝަރާއި އެކުއެވެ. އެގޮތުން ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އާއި ވާދަކޮށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ބޮޑު ތާއީދެއް ހޯއްދެވީ އެންތޮނީ އަލްބަނީސް އެވެ.

އެންތޮނީ އަލްބަނީސް މަގާމާ ހަވާލުވެވަޑައިގަތުން ވެގެންދާނީ، 9 އަހަރު ފަހުން އިދިކޮޅު ލޭބަރ ޕާޓީއަށް ސަރުކާރާ ހަވާލުވުމުގެ ފުރުސަތަކަށެވެ. އަދި މިއަދު މަގާމުގެ ހުވާ ކުރެއްވުމާއިއެކު އެންތޮނީ އަލްބަނީސް ވެވަޑައިގަންނަވާނީ އޮސްޓްރޭލިއާގެ 31 ވަނަ ބޮޑުވަޒީރަށެވެ.

އެންތޮނީ އަލްބަނީސްގެ ކެމްޕޭނުގައި އެމަނިކުފާނު ވަނީ އޮސްޓްރޭލިއާގައި އެންމެ މުހިންމު ކަމެއް ދޭންވީ ކަންކަންކަމުގައި ކޮވިޑް މެނޭޖް ކުރުމާއި، މޫސުމީ ބަދަލްތަކާއި، އަތްފޯރާފަށަށް ގެދޮރުވެރިކަން ގެނައުމަށް މަސައްކަތްކުރައްވާނެކަން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން