ތުއްތުކުދިންނަށް ބޭނުންވާ ބޭބީ ފޯމިއުލާ ހުސްވުމުން، ބޭބީ ފޯމިއުލާ ހުސްނުވާވަރަށް ގެންނާނެކަމަށް ވައުދުވި އެެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އިމްޕޯޓުކުރި ބޭބީ ފޯމިއުލާގެ ފުރަތަމަ ބެޗް އެގައުމަށް އެތެރެކޮށްފިއެވެ.

"އޮޕަރޭޝަން ފްލައި ފޯމިއުލާ" ގެ ނަމުން ކުރިއަށްދާ މިމަޝްރޫޢުގެ ދަށުން ފުރަތަމަ ބެޗްގެ ގޮތުގައި 34،000 ކިލޯގެ ބޭބީ ފޯމިއުލާ މިހާރު ވަނީ އެމެރިކާއަށް އެތެރެކޮށްފައެވެ. ޔޫރަޕުގެ އެހީތެރިކަމާއިއެކު ކުރިއަށްދާ މި އޮޕަރޭޝަން ފްލައި ފޯމިއުލާގެ ދަށުން އަދި އިތުރު ބޭބީ ފޯމިއުލާ ގެންނާނެކަމަށްވެސް ވައިޓް ހައުސް އިން ބުނެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާގައި ތުއްތުކުދިންނަށް ބޭނުންވާ ބޭބީ ފޯމިއުލާ ލިބުން ދަތިވާންފެށީ، އެމެރިކާގައި ބޭބީ ފޯމިއުލާ އުފައްދާ ކާރުހާނާއެއްގެ ސާފުތާހިރުކަމާ މެދު ސުވާލު އުފެދުމުންކަމަށްވެއެވެ. އެގޮތުން އެމެރިކާގައި ބޭބީ ފޯމިއުލާ އުފައްދާ އެންމެ ބޮޑުއެއްކުންފުނި ކަމަށްވާ އެބޮޓްގެ ލެބްތައްވެސް ވަނީ މިހާރު ބަންދުކޮށްފައެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އެބޮޓްގެ ލެބްތައް ބަންދު ކުރީ އެމެރިކާގައި އުފައްދާ ބޭބީ ފޯމިއުލާ ބޭނުން ކުރި ތުއްތު ކުދިންތަކެއް ބެކްޓީރިއާ އިންފެކްޝަންތަކަކަށް ހުށައެޅި، ހާލު ސީރިއަސް ވެ، ދެ ކުއްޖަކު މަރުވުމުންނެވެ.

މިއާއެކު އެމެރިކާގައި ބޭބީ ފޯމިއުލާގެ އުފެއްދުންތެރިކަން ދައްވެ ބޭބީ ފޯމިއުލާއަށް ޖެހެންފެށިއެވެ. އަދި މިކަމުން އަރައިގަތުމަށް ފަސޭހައިން ބޭބީ ފޯމިއުލާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިކަމަށް ހާއްސަ ގާނޫނެއް އެކުލަވާލައި އެގާނޫނު ތަންފީޒުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން