ހުނައިޝާ އާދަމް (ހުނޫ)
ހުނައިޝާ އާދަމް (ހުނޫ)
ޓިކްޓޮކުން ދިވެހިންގެ ތެރޭގައި މަޝްހޫރު ކަމެއް ހޯދި ހުނޭސާ އާދަމް (ހުނޫ)ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފިއެވެ.

މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ހުނޭސާ އާއި އޭނާގެ ލޯބިވެރިޔާ ވަނީ މަސްތުވާތަކެއްޗާއެކު ގެއެއްގެ ތެރެއިން ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ހުނޭސާގެ އިތުރުން އޭނާގެ ލޯބިވެރިޔާގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މއ. އުދުހޭކޮކާ ޙުނައިން ބިން ޢަލީއާއި، ލ.މާވަށް، ރެޑިއަމްގެ ހުނޭސާ އާދަމް ނަސީރާއި، ގއ.ދާންދޫ، ޕެލަސްހައުސް، މުހައްމަދު އާދަމް 28 މާރިޗު 2022 ދުވަހު މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ދަޢުވާކުރުމަށް 18 މޭ 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައިގައި ކޮށްފައިވާ ދަޢުވާތަކުގައި ހިމެނެނީ ގާތްގަނޑަކަށް 353 ގްރާމް ޑައިމޯފިންއާއި، 18 ގްރާމް މެތްއާއި، 139 ގްރާމް ކެނެބިސްއެވެ.

މިމައްސަލާގައި ލ.މާވަށް، ރެޑިޔަމްގެ، ހުނޭސާ އާދަމް ނަސީރުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ ހުނޭސާއަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޭގެ އިތުރުން ގއ.ދާންދޫ، ޕެލަސްހައުސް، މުޙައްމަދު އާދަމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. އަދި މއ. އުދުހޭކޮކާ ޙުނައިން ބިން ޢަލީގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވެއެވެ.

ހުނޭސާ އަކީ ޓިކްޓޮކްގެ އިތުރުން ދިވެހި ސިނަމާ އާއިވެސް ރަށްޓެހި މޫނެކެވެ. "ހުވާ" ފަދަ މަޝްހޫރު ސީރީޒްތަކުން ފެނިގެން ދިޔަ ހުނޭސާ ވަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން