ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައިހުރި ފަރާތެއް ބަންދުން ދޫކޮށްލާ ސަބަބެއްގެ ގޮތުގައި އެފަރާތުގެ "ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ" ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައި ވަނީ ކުށުގެ ރެކޯޑު ފިޔަވާ އިތުރު އެހެން ހެކިވެސް ހުއްޓާކަމަށެވެ.

ހަމައެއާއެކު ކޯޓަށް ފުލުހުން ހުށަހެޅި ލިޔެކިޔުމުގައި ހުރި ހެއްކަކީ ކޮބައިތޯ ސާފުކުރުމެއް ނެތި ޙަޤީޤަތާ ޚިލާފަށް މެޖިސްޓްރޭޓް ޢަމަލުކޮށްފައިވާ ކަމަށާއި، ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލިކަން ޝަރީޢަތުގެ މަޖިލީހުގައި އިޢުލާނު ކުރިއިރު، އެފަރާތުގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ނެތް ކަމުގެ މައްޗަށް ރިޢާޔަތް ކުރިކަން ފާހަގަކޮށްފައި ނުވާކަމަށެވެ.

މިކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު ޢަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން ތަހުޤީޤަށް ސާބިތުވާތީ، އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.5 އަދި 3.1 އާ ޚިލާފް ޢަމަލެއްކަމުގައި ވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 1-32 (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދަށް ނަޞޭޙަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް އަންގާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތަށް ނިންމާފައިވަނީ 2022 އޭޕްރީލް 20 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 28 ވަނަ ޖަލްސާގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން