ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ނިޔާވެފައިވަނީ އއ. ހިމަންދޫ ހެޕީ ރެސްޓް ޢަލީ މުޙައްމަދު (58 އަހަރު) އެވެ.
ކަރެކްޝަނުން ބުނީ، އޭނާ ޔުނިޓް ތެރޭގައި ހުއްޓާ ނޭވާލުމުގައި އުނދަގޫތަކެއް އިހުސާސް ކުރެވޭތީ، ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދިނުމަށްފަހު، ހާލަތު ގޯސް ވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރުފަހު 3:20 ހާއިރު އެނާ ނިޔާވެފައިވާ ކަމަށް އެ ސާވިސުން ބުނެފައިވެއެވެ.
ޢަލީ މުޙައްމަދަކީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ.
ކަރެކްޝަނުން ބުނީ، ޢަލީ މުޙައްމަދު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާއެކު ކަރެކްޝަނުން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަށާއި މޯލްޑިވްސް ޕޮލިސް ސަރވިސަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު