ކިހާ މޯލްޑިވިސް ރިސޯޓްގެ ބ. އަތޮޅު މުވައްޒަފުންނަށް މުސާރަ ނުދޭތާ ތިން މަސް ދުވަސްވެފައިވާ ކަމަށް އެ ރިސޯޓްގެ ބައެއް މުވައްޒަފުން ބުނެފިއެވެ.
"ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން ކިހާ މޯލްޑިވިސްގެ ބައެއް މުވައްޒަފުން ބުނީ މުސާރަ ނުދޭތާ ތިން މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި މުސާރަ ހޯދަން އެތައް ގޮތަކުން މަސައްކަތް ކޮށްފައިވާ ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ކާމިޔާބެއް ލިބިފައިނުވާއިރު މުސާރަ ލިބޭނެ ދުވަހެއް ނޭގޭ ކަމަށް ބައެއް މުވައްޒަފުން ބުނެ އެވެ.
ކިހާ މޯލްޑިވިސްގެ ބައެއް މުވައްޒަފުން ބުނިގޮތުގައި އެރިސޯޓުން މުސާރަދެނީ ވެސް މިނިމަމް ވޭޖާއި އެއްގޮތަށް ނޫންކަމަށެވެ. ސަރުކާރުން މިނިމަމްވޭޖް ގޮތުގައި ވަކި މުސާރަ އެއް ދިނުމަށް ލާޒިމް ކުރި ނަމަވެސް އެ މުސާރަ ރިސޯޓުން ނުދޭ ކަމަށް ބައެއް މުވައްޒަފުން ވަނީ ބުނެފައެވެ.
އަތަމާއިން ހިންގާ އެ ރިސޯޓްގައި ވަޒީފާ އަދާކުރަނީ އެންމެ 20 ދިވެހި މުވައްޒަފުންނެެވެ. މުވައްޒަފުންނަށް މުސާރަ ނުދޭ މަައްސަލައިގައި އަތަމާގެ ބަހެއް އަދި ނުލިބެއެވެ.
މިޚަބަރާއި ގުޅިގެން ކިހާ މޯލްޑިވްސް ރިސޯޓުގެ އެކްޓިންގ ޖެނެރަލް މެނޭޖަރ މުހައްމަދު ސަޢީދު ސޮއިކޮށް ނޫހުގެ އެޑިޓަރަށް އެޑްރެސްކޮށް ފަހުން ވަނީ ސިޓީއެއް ފޮނުވާފައެވެ. މިސިޓީގައި އޭނާ ވަނީ ނޫހުން ޚަބަރު ނެގުމަށް އަންގައި އިންޒާރުތަކެއް ދީ ބިރުދައްކާފައެވެ. ސިޓީގައި ވަނީ އެޚަބަރުގައި ދޮގު މައުލޫމާތު ތަކެއް ހުރި ކަމަށްބުނެ ވަގުތުން ވަގުތަށް ޚަބަރު ވެބްސައިޓުން ނެގުމަށް އަމުރުކޮށްފައެވެ.
ނަމަވެސް ޚަބަރުގައިވާ ދޮގު މައުލޫމާތެއް ކަމަށް ހަމައެކަނި ބުނެފައި ވަނީ ރިސޯޓް ހިންގަނީ އަތަމާގެ ފަރާތުން ނޫން ކަމުގެ ވާހަކައެވެ. ސިޓީގައި ބުނާ ގޮތުން އެރިސޯޓަކީ ކޮރަލް އައިލެންޑް ރިސޯޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މެނޭޖްކޮށް ހިންގާ ރިސޯޓެކެވެ. ނަމަވެސް ސިޓީގައި މުއައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ޚަބަރުގައި ބުނާ ވާހަކަ އެއްވެސް ސިފައެއްގައި ދޮގުކޮށްފައެއް ނުވެއެވެ. ސިޓީގައި މުސާރަ ބަރާބަރަށް ދޭ ކަމުގެ އެއްވެސް ވާހަކައެއްވެސް އަދި އެކަމުގެ ހެއްކެއްވެސް ދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު