އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް
ބައި އިލެކްޝަންސްތައް ބާއްވަންޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުން ޖުލައިމަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގެ ބަޖެޓް ހުސްވެދާނެކަމަށް އެކޮމިޝަނުގެ ރައީސް ފުއާފު ތައުފީޤް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް މިހެން ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ފުއާދު ވިދާޅުވީ މިދިޔަ އަހަރުގެ އޭޕްރީލްމަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށްފަހު މިހާތަނަށް 21 ބައި އިލެކްޝަނެއް ބާއްވާފައިވާކަމަށެވެ. އަދި އެ އިންތިޚާބުތަކަށް 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މަހެއްގެ މައްޗަށް ތިނެއް ނުވަތަ 4 މަޤާމު ހުސްވާކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އަދި އެ މަޤާމުތަކަށް މެންބަރުން އިންތިޚަބުކުރުމަށް ބާއްވާ ކޮންމެ ބައި-އިލެކްޝަނަކަށް ދޮޅު ލައްކަ ރުފިޔާ ޚަރަދުވާކަމަށެވެ. އަދި އިންތިޚާބުތައް ބޭއްވުމަށް ކަނޑައަޅާފައިވާ ބަޖެޓު ހުސްވެ އިދާރީ ބޭނުންތަކަށް ހުރި ބަޖެޓު ބޭނުންކުރަމުންދާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އަވަސް އަވަހަށް އިންތިޚާބު ބޭއްވުމަށް ހައްލެއް ނުލިބިއްޖެނަމަ އަންނަ ޖުލައިމަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގެ ބަޖެޓު ހުސްވާނެކަމަށެވެ.

"އެހެންވީމަ މިވަގުތު އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް މި އޮތް މިސްރާބާ ދޭތެރޭ. އެއްކޮޅުން ޚަރަދު ކުޑަކުރަންޖެހޭއިރު، އަނެއްކޮޅުން ޚަރަދު ބޮޑުގޮތަށް ކަންތައްތަކެއް މިހުރީ." ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސުން ބުނީ އިންތިޚާބުތައް އަވަސް އަވަހަށް ބާއްވަންޖެހޭ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބައި އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާގޮތަށް ޤާނޫނު ތަރުތީބުކޮށްދިނުމަށް ބަންޑާރަ ނާއިބުގެ އަރިހުގައި އެދިވަޑައިގެންފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެވެ.



ކިޔުންތެރިންގެ ހިޔާލު