ރިސޯޓުތަކުގެ ކުލި ކުޑަކުރުމަށް ސަރުކާރުން ފަތުރުވެރިކަމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަަބަބުން ދައުލަތަށް ގެއްލުންވާނެކަމަށް ވިދާޅުވެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ގަވަރުނަރު އަލީ ހާޝިމް ކަންބޮޑުވުން ފާޅުކުރެއްވީ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި މި ބިލާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. އެކޮމިޓީން ވަނީ އެމްއެމްއޭގެ އިތުރުން، މީރާ އަދި މަޓީގެ ބޭފުޅުންނާއިވެސް ބައްދަލުކޮށްފައެވެ.
ރިސޯޓުތަކުގެ ކުލި ކުޑަކުރުމަށް ސަރުކާރުން ފަތުރުވެރިކަމުގެ ޤާނޫނަށް އިސްލާހު ހުށަހެޅީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ލިބޭ ގެއްލުން ކުޑަކުރުމަށްކަމަށް ބުނެއެވެ.
ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެމްއެމްްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މި ބިލާއެކު އާމްދަނީއަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އަދި ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި ހާޝިމް ވިދާޅުވީ، މިއީ ރިސޯޓްތަކުގެ ކުލި ކުޑަކުރަން އެންމެ އެކަށީގެންވާ ވަގުތު ނޫންކަމަށެވެ. އެހެންކަމުން މިކަމަށް ތާއީދު ނުކުރައްވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ގަވަރުނަރު ވިދާޅުވީ މި އިސްލާހުގެ ސަބަބުން އިޤުތިޞާދަށް ޖުމްލަކޮށްކުރާނެ އަސަރު ވަޒަންކުރުމަށް އިތުރު މައުލޫމާތު ބޭނުންވާކަމަށާއި، އަދި އެކަމަށް އެކަށީގެންވާ މިންވަރުގެ ދިރާސާއެއް ހެދުން މުހިއްމުކަމަށެވެ. މީގެއިތުރުން މިފަދަ ވަގުތެއްގައި ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކުރުން ބުއްދިވެރިނޫން ކަމަށްވެސް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވިއެވެ.
ސަރުކާރުގެ ނިންމުން ދިފާއުކުރައްވާ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ މި އިސްލާހަކީ އިންވެސްޓަރުންނަށް ފަހިވާނެ އިސްލާހެއްކަމަށާއި މި ލުއި ދޭ ސަރަހައްދުތަކުގައި ހުރި ރިސޯޓުތަކަށް އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް ލިބޭ އާމްދަނީއާއި ފައިދާ އިތުރުވުމުން އެހެން ސަރަހައްދުތަކަށް އެ ފަރާތްތަކުން އިންވެސްޓުކުރާނެ ކަމަށެވެ. އަދި މިއީ ދައުލަތަށް ގެއްލުން ލިބޭނެކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.
ކޮމިޓީގައި ބައިވެރިވި މީރާގެ ބޭފުޅުން ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން 500 މިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީން މަދުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު