ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ހުއްދަ ނަގައިގެން މުޒާހަރާކުރުމާއި ބެހޭ މާއްދާ އުވާލުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ނޫސްވެރިންތަކެއްގެ ފަރާތުންނެެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ހައިކޯޓަށް މިއަދު ހުށަހަޅާފައިވާއިރު، އެ މައްސަލަ ބަލައިގަތުމާމެދު ހައި ކޯޓުން ވަކި ގޮތެއް އަދި ނުނިންމަވައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ހޯމް މިނިސްޓްރީން ނުވަތަ ފުލުހުންގެ ހުއްދައަކާ ނުލައި މާލޭގައި މުޒާހަރާ ނުވަތަ އެއްވެ އުޅުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެއެވެ. އަދި އެ ޤާނޫނުގެ ދަށުން އެއްވުންތައް ބޭއްވޭނީ އަލިމަސް ކާނިވަލުގައިކަމަށް ހޯމް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

ހުއްދަ ނަގައިގެން މުޒާހަރާކުރުމާއި ބެހޭ މާއްދާ އުވާލާނޭކަމަށް ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވެސް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު