ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ އިންސާނީ ކާރިސާއަކުން އަރައިގަތުމަށް ހުރިހާ ގައުމަކުންވެސް އެކަތި ގަނޑަކަށްވުމަށް ރާއްޖޭގެ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ގޮވާލައްވައިފިއެވެ.
ވޯލްޑް ހެލްތް އެސެމްބްލީގެ 75 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރ ނަސީމު ވިދާޅުވީ، ބައިނަލްއަގުއާމީ މީޑިއާތަކުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ މިހާރު ހިނގަމުންދާ ރަޝިޔާ ޔޫކްރެއިން ހަނގުރާމައަށް ކަމަށެވެ.
އަދި ކަމާ ގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަކުގެވެސް ކަންބޮޑުވުމަކީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިންސާނީ ދަރިފަސްކޮޅަށް ދިގުމުއްދަތަކަށް ކޮށްފާނެ އަސަރު ކަމުގައި ކަމަށް ނަސީމު ވިދާޅުވިއެވެ. އަދި މިކަމުން އަރައިގަތުމަށް އެކަތި ގަނޑަކަށް ވުމަށް ދުނިޔޭގެ ހުރިހާ ލީޑަރުންނަށް ނަސީމް ގޮވާލެއްވިއެވެ.
ހަމައެއާއެކު، ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަވެސް އަދި ނުނިމޭ ކަމަށާއި އޭގެ އިތުރަށް ހުރިހާ ގައުމަކުން ކުރަމުން އަންނަ އެއް ހަނގުރާމައެއް އެބައޮތް ކަމަށާއި، އެ ހަނގުރާމައަކީ ދުނިޔެ ހޫނުވުމާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ކުރަމުން އަންނަ ހަނގުރާމަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ސަބަބުން ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް މަދުވެފައިވާ ކަމަށާއި، މި ހުރިހާ ކަމެއްގެ ތެރެއިންވެސް ހަމަޖެހޭ މުޖުތަމައެއް ބިނާކުރުން މުހިންމު ކަމަށެވެ.
ކާމިޔާބު ކަމާއެކު ކޮވިޑުން އަރައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން ކުރެއްވި މަސައްކަތުން އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުން ކުޑަކުރެވިގެންދިޔަކަމަށާއި ރާއްޖެއިން ކުރި މަސައްކަތް ކާމިޔާބުވުމުގައި އެންމެ އެކަށީގެންވާ ދަޑިވަޅުގައި ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ނިންމެވި މުހިންމު ނިންމުންތައް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު