ސަރުކާރުން މަތީ ތައުލީމަށް ދޫކުރާ ލޯނުގެ ކަންކަން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ޓްރަސްޓް ފަންޑެއް ޤާއިމްކުރުމުގެ މަސައްކަތް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްްޓޫޑެންްޓް ލޯނުގެ ކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޓްރަސްޓް ފަންޑެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މިގޮތުން މި ޓްރަސްޓް ފަންޑު ޤާއިމް ކުރުމުގެ ސަބަބުން ލޯނު އަނބުރާ ދައްކާއިރު ލިބޭ ފައިސާ ހަރުދަނާކަމާއެކު ބެލެހެއްޓުމާއި އިތުރު ދަރިވަރުންނަށްވެސް ލޯނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަސޭހަވެގެންދާނެކަމަށެވެ.

މިނިސްޓްރީން ބުނީ މަތީ ތަޢުލީމް ހާސިލް ކުރުމަށް ދަރިވަރުން ނަގާފައިވާ ފައިސާ ކުރިއާ އަޅާބަލާއިރު ދަރިވަރުން ދައްކަމުން އަންނަކަމަށާއި ފައިސާ ދެއްކުމުގައިވެސް ފަރުދީ ޒިންމާ އަދާކޮށް ޤަވާއިދުން ފައިސާ ދެއްކުން މުހިއްމުކަމަށެެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓްރަސްޓް ފަންޑަށް ހަމައެކަނި ޤާއިމް ކުރާނީ ލޯނުގެ ގޮތުގައި ދަރިވަރުން ނަގާފައިވާ ފައިސާ އެކަނި ނޫންކަމަށާއި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވައިފިނަމަ ކުރާ ޖޫރިމަނާގެ ފައިސާވެސް ދެއްކުމަށް ހަމަޖެހިފައިވަނީ މި ފަންޑަށްކަމަށެވެ.

މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ސަރުކާރުން ދޫކުރާ ލޯނުގެ އެހީގައި މިހާރުވެސް 9000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ އެކި ދާއިރާތަކުން ކިޔަވަމުންނެވެ. ދަރިވަރުންނަށް ލޯނު ދިނުމުގެ ކަންކަން އެއް އަހަރުން އަނެއްއަހަރަށް ހަރުދަނާ ކުރަމުން އަންނައިރު ލޯނު ދެއްކުމަށް ލުއިފަސޭހަ ކޮށްދީ އިދާރީ ފީވެސް މިހާރު ވަނީ ތިނެއް އިންސައްތައިން އެކެއް އިންސައްތައަށް ކުޑަކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު