އާއްމުންނަށް ހުޅުވާލާ ހައްޖު ކޯޓާއަށް އެދުމުގެ ފުރުޞަތު އަންނަ ހަފުތާގައި ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ރާއްޖެއަށް މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 453 ކޯޓާއެވެ. އެ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އޭގެތެރެއިން 353 ފުރުސަތު ދޭނީ މިހާރުވެސް ހައްޖު ކޯޕަރޭޝަންގެ ލިސްޓުގައި ތިބި ފަރާތްތަކަށެވެ. އަދި ބާކީ 100 ފުރުޞަތު އާއްމުންނަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އާއްމުންނަށް ހުޅުވާލައިގެން ޙައްޖަށް ގެންދިޔުމަށް ޚާއްސަކޮށްފައިވާ 100 ކޯޓާއަށް އެދުމުގެ ފުރުޞަތު އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ޙައްޖަށް ދިޔުމަށް އެދި ހުށައެޅުމުގައި އަމަލުކުރާނެ އުޞޫލެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަމުން އަންނަކަމަށާއި އެ މަޝްވަރާތައް ނިމި އުޞޫލް އެކުލަވާލުމަށްފަހު އަންނަ ހަފުތާގައި ޙައްޖަށް ދިއުމަށް އެދި ހުށައެޅުމަށް ފުރުޞަތު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އުޞޫލްތައް އެކުލަވާލާ ނިމޭއިރު ޙައްޖަށް ދިއުމަށް ދައްކަންޖެހޭ ފައިސާގެ އިތުރަށް، އިތުރު ފައިސާ ދައްކަން ޖެހިދާނެކަމަށެވެ. އެހެންނަމަވެސް މިހާރުވެސް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންގެ ތެރެއިން މިއަހަރު ޙައްޖަށް ދެވޭ މީހުން އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް މީހުން ގެންގޮސްދެނީ 69965 ރުފިޔާއަށެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު 3000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.
މިއަހަރު ސައުދީން ނިންމާފައިވަނީ 1 މިލިއަން މީހުން ހައްޖުގައި ބައިވެރިކުރުވާށެވެ. މިއީ ކޯވިޑްގެ ކުރީގެ އަދަދުތަކާއި އަޅާބަލާއިރު މަދު އަދަދެކެވެ. އެގޮތުން މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުންއައެވެ.
ނަމަވެސް 2020 ވަނަ އަހަރު ކޯވިޑް އެންމެ ގަދައަށް ފެތުރުނުއިރު އެ އަހަރުގެ ޙައްޖުގައި ބައިވެރިކޮށްފައިވަނީ ސައުދީގައި އުޅުނު 1000 މީހުންނެވެ. އަދި މިދިޔަ އަހަރު 60000 މީހުންނަށް ފުރުޞަތު ދިނެވެ.
ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނީޝިއާއަށެވެ. އެޤައުމަށް 100051 ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ، އިންޑިއާއަށް 79،237 ކޯޓާ، ބަންގްލަދޭޝްއަށް 57،585 ކޯޓާ އަދި ނައިޖީރިއާއަށް 43،008 ކޯޓާއެވެ.
މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު