މަގާމުން އިސްތިއުފާދެއްވާފައިވާ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ރާއްޖޭގައި ހިންގާ ސޮނޭވާގެ ރިސޯޓަކުން ވިލާއެއް ވިއްކަން އުޅޭ ވާހަކަތައް ސޮނޭވާއިން ދޮގުކޮށްފިއެވެ.
ސޮނޭވާއިން މިކަން ހާމަކޮށްފައި މިވަނީ ރައީސް މުޙައްމަދު ނަޝީދު މެދުވެރިވެގެން، ރާޖަޕަކްސަ އާއިލާގެ ހިމާޔަތަށް ސޮނޭވާއިން ވިލާއެއް ގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް ރާއްޖޭގެ ހަބަރުތައް އިނގިރޭސި ބަހުން ގެނެސްދޭ ވެބްސައިޓަކުން ރިޕޯޓްކުރުމާއި ގުޅިގެނެވެ. އެގޮތުން އެ ވިލާ ވިއްކުމަށް ސޮނޭވާގެ ވެރިޔާ ސޯނޫ ޝިވްދާސާ އެއްބަސްވެފައިވާ ކަމަށް ވެސް އެ ވެބްސައިޓުގައި ތުހުމަތު ކޮށްފައިވެއެވެ.
އެކަމާ ގުޅިގެން ސޮނޭވާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާޖަޕަކްސައަށް އެ ރިސޯޓުން އެއްވެސް ތަނެއް ވިއްކުމަށް ނިންމާފައި ނުވާ ކަމަށާއި، ސޮނޭވާގެ ސީއީއޯ ސޯނޫއާއި ރާޖަޕަކްސައާ ބައްދަލުވެފައިވެސް ނުވާކަމަށެވެ. އަދި ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ރާޖަޕަކްސައާ މުއާމަލާތްކޮށްފައި ނުވާކަމަށް ސޮނޭވާގެ ބަޔާނުގައިވެއެވެ.
ސޮނޭވާގެ ބަޔާނުގައި އެ ރިސޯޓް ޗެއިނާ ގުޅޭގޮތުން އެފަދަ ދޮގު ވާހަކަތައް ފަތުރާތީ ހިތާމަކުރާކަމަށްވެސް ބުނެފައިވެއެވެ.
ސްރީލަންކާގައި ހަމަނުޖެހުންތައް ބޮޑުވުމުން ބޮޑުވަޒީރުކަމުގެ މަޤާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާދެއްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެފަހުން ރާޖަޕަކްސާ އުޅުއްވާ ތަނެއް އާއްމުންނަކަށް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު