ރާއްޖެއިން މީގެކުރިން ނުފެންނަ ވައްތަރުގެ އާ ދޫންޏެއް ފެނިއްޖެއެވެ.
އެންވަޔަރަންމަންޓް ޕްރޮޓަކްޝަން އޭޖެންސީ، އީޕީއޭއިން ބުނީ މި ދޫނި ފެނުނީ ލ.އަތޮޅު ހިތަދޫން ކަމަށެވެ. އިނގިރޭސި ބަހުން ވައިޓް ސްޓޯކް ނަމަކަށް ކިޔާ މި ދޫންޏަށް މިހާތަނަށް ދިވެހި ނަމެއް ކިޔާފައެއް ނުވެއެވެ.
މާކަނާ އާއި އިރުވައިހުދުގެ ބައްޓަމަށް އިންނަ މި ދޫނީގައި ހުންނަނީވެސް ހުދުކުލައެވެ. އަދި ފިޔަގަނޑުގެ ވަކި ހިސާބެއްގައި ކަޅު ކުލަހުރެއެވެ.
ވައިޓް ސްޓޯކް ދޫންޏަކީ ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ދޫންޏެކެވެ. އީޕީއޭއިން ބުނީ އާންމުކޮށް ފިނި މޫސުމަށް މި ސަަރަހައްދުގެ ދެ ގައުމުކަމަށްވާ އިންޑިއާއާއި ސްރީލަންކާއިން މި ދޫނި ފެންނަކަމަށެވެ. ނަމަވެސް މީގެ ކުރިން ރާއްޖެއިން މި ދޫނި ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޫންޏަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު އޮތް ދޫންޏަކަށްވުމުން، މި ދޫނި ވަނީ ދުނިޔޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ލިސްޓްގައެވެ. އެހެންކަމުން ރާއްޖެއިންވެސް މި ދޫނި ހިފުމަކީ ޤާނޫނީ ކުށެކެވެ.

On 20th February 2022, a White Stork (Ciconia ciconia) was sighted in L. Hithadhoo.
— EPA Maldives (@EPAMaldives) May 24, 2022
This is possibly the first recorded sighting of this species in the Maldives. The white stork is rarely seen in South India during the winter and vagrantly sighted in Sri Lanka as well.
📷 Moosa pic.twitter.com/gYiCIK1LEk
ވައިޓް ސްޓޯކް ދޫންޏަކީ ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ދޫންޏެކެވެ. އީޕީއޭއިން ބުނީ އާންމުކޮށް ފިނި މޫސުމަށް މި ސަަރަހައްދުގެ ދެ ގައުމުކަމަށްވާ އިންޑިއާއާއި ސްރީލަންކާއިން މި ދޫނި ފެންނަކަމަށެވެ. ނަމަވެސް މީގެ ކުރިން ރާއްޖެއިން މި ދޫނި ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޫންޏަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު އޮތް ދޫންޏަކަށްވުމުން، މި ދޫނި ވަނީ ދުނިޔޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ލިސްޓްގައެވެ. އެހެންކަމުން ރާއްޖެއިންވެސް މި ދޫނި ހިފުމަކީ ޤާނޫނީ ކުށެކެވެ.
ކިޔުންތެރިންގެ ހިޔާލު