ރާއްޖޭގައި ފާނަބަސަންދުގެ ވޭދަނަތައް ވަރަށް ގިނައިން ފެންނަމުންދާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ފައިސަލް ވިދާޅުވީ، ރާއްޖޭގައި ފާނަބަސަންދު މިދުވަސް ކޮޅު ވަރަށް ގިނަވަމުންދާ ކަމަށެވެ.
އަދި ތުއްތު ދެ ކުއްޖަކު ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ، އެ ބައްޔަށް ވެކްސިން ދެވޭނީ އެއް އަހަރުން މަތީގެ ކުދިންނަށް ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދެވަނަ ޑޯޒަކީ ބޫސްޓަރ. ޖަހާނީ ދޭތެރެމެދަށް މަދުވެގެން ތިން މަސްވީމަ." ވެކްސިން ޖަހާނެ ގޮތް ހާމަކުރައްވައި ޑރ. ފައިސަލް ވިދާޅުވިއެވެ.
އެ ބައްޔާއި ދެކޮޅަށް ވެކްސިން ޖެހުމަށް ޑރ. ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.
ފާނަބަސަންދަކީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ބައްޔެކެވެ. ވައިރަހެއްގެ ޒަރީއާއިން ގައިން ގަޔަށް އަރާ މި ބަލި ޖައްސާ ވައިރަހަކީ ހާރޕީޒް ވައިރަހުގެ އަށް ވައްތަރުގެ ތެރެއިން ވެރިސެލާ ޒޮސްޓަރ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ވަރުބަލިކަން އިހްސާސްކުރެވުމާއި ގަދައަށް ހުން އައުމާއި، ކާހިތްނުވުމާއި ބޮލުގައި ރިއްސުން، ކެއްސުމާއި ކަރަށް ތަދުވުން، ބަނޑުގައި ރިއްސުން، ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން ހިމެނެއެވެ.

ފާނަބަސަންދު ވަރަށްގިނަވޭ އެބަ.
— Ahmed Faisal (@Faisalnaifaru) May 23, 2022
ތުއްތު 2 ކުއްޖަކު ބާއްވަންވެސް ޖެހިއްޖެ.
1 އަހަރުން މަތިނަމަ ވެކްސިން ދެވޭނެ.
މުޅިއެކު 2 ޑޯޒް.
2 ވަނަ ޑޯޒަކީ ބޫސްޓަރ، ޖަހާނީ ދޭތެރެމެދަށް މަދުވެގެން 3 މަސް ވީމާ.
ވެކްސިންޖައްސަވާ. https://t.co/4ai2UDI3Ya
ޑރ. ފައިސަލް ވިދާޅުވީ، އެ ބައްޔަށް ވެކްސިން ދެވޭނީ އެއް އަހަރުން މަތީގެ ކުދިންނަށް ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދެވަނަ ޑޯޒަކީ ބޫސްޓަރ. ޖަހާނީ ދޭތެރެމެދަށް މަދުވެގެން ތިން މަސްވީމަ." ވެކްސިން ޖަހާނެ ގޮތް ހާމަކުރައްވައި ޑރ. ފައިސަލް ވިދާޅުވިއެވެ.
އެ ބައްޔާއި ދެކޮޅަށް ވެކްސިން ޖެހުމަށް ޑރ. ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.
ފާނަބަސަންދަކީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ބައްޔެކެވެ. ވައިރަހެއްގެ ޒަރީއާއިން ގައިން ގަޔަށް އަރާ މި ބަލި ޖައްސާ ވައިރަހަކީ ހާރޕީޒް ވައިރަހުގެ އަށް ވައްތަރުގެ ތެރެއިން ވެރިސެލާ ޒޮސްޓަރ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ވަރުބަލިކަން އިހްސާސްކުރެވުމާއި ގަދައަށް ހުން އައުމާއި، ކާހިތްނުވުމާއި ބޮލުގައި ރިއްސުން، ކެއްސުމާއި ކަރަށް ތަދުވުން، ބަނޑުގައި ރިއްސުން، ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު