ދައުލަތުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ކުރިން އަދި ދައުލަތް ޒިންމާވާ ގޮތަށް ގެރެންޓީ ދޫކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް މާލިއްޔަތު ގާނޫނު އިސްލާހު ކުރަން އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހަޅައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ، ދައުލަތުން ދަރަންޏަށް ފައިސާ ނަގަންވާނީ ނުވަތަ ސަރުކާރުން ގެރެންޓީއެއް ދޭންވާނީ އެ ދަރަނި ނެގުމުގެ ސަބަބުން ނުވަތަ ގެރެންޓީއެއް ދިނުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށް ފަހު ފިނޭންސް މިނިސްޓަރު ތައްޔާރު ކުރައްވާ ދިރާސާ ރިޕޯޓް ރައީސަށް ހުށަހަޅައި އެ ހުށަހެޅުން ރައީސް މަޖިލީހަށް ހުށަހަޅައި، އެ ހުށަހެޅުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން ކަމަށެވެ.
ބިލުގައި ބުނެފައިވަނީ، ދައުލަތުން ދަރަންޏަށް ފައިސާ އާއި ދައުލަތުން ގެރެންޓީގެ ގޮތުގައި ދޭ ފައިސާ ރަނގަޅު ގޮތުގައި ހޭދަކުރުމަކީ އެ ގައުމަކަށް މުސްތަގްބަލެއްގައި ލިބެން އޮންނަ އާމްދަނީއަށް ވެސް އަސަރުތަކެއް ފޯރާނެ ކަމެއް ކަމަށާއި، ކޮވިޑްގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އިގްތިސާދު ހީނަރުވެގެން ދިޔަކަމަށާއި އަދި ރަޝިއާއާއި ޔޫކްރެއިންގެ ހަނގުރާމައިންވެސް ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުންތައް ވެސް ރަނގަޅަށް ވަޒަން ނުކުރެވިއްޖެނަމަ، ރާއްޖެއިން ބޭރުގެ ދަރަނި ދެއްކުމަށް ކުރިއަށް އޮތް ތަނުގައި ދަތިތަކެއް ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދި ދައުލަތުން ނަގާ ދަރަންޏާ އަދި ސަރުކާރުން ދޭ ގެރެންޓީތަކަކީ އެ ދަރަންޏަކުން ނުވަތަ ދޭ ގެރެންޓީއަކުން ކުރާ ހަރަދުތަކަކީ ކޮންމެހެން ކުރަން ޖެހިފައިވާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ނުވަތަ އިތުރު އާމްދަނީއެއް އުފައްދާ ކަމަކަށް ހަރަދުކުރާ ދަރަންޏެއްކަން ޔަގީންކޮށްފައިވާކަން، މަޖިލީހުން ކަށަވަރު ކުރަން ޖެހޭކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
މާލިއްޔަތު ގާނޫނުގައި މިހާރު އޮންނަނީ، ދައުލަތުން ދަރަންޏަށް ފައިސާ ނަގާއިރު ނުވަތަ ސަރުކާރުން ގެރެންޓީއެއް ދޭއިރު މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށެވެ. ދަރަނި ނެގުމުގައި މިހާރު އަމަލު ކުރާގޮތަކީ، މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް ކަނޑައަޅާ ގޮތެއްގެ މަތިން އެ ދަރަންޏެއް ނެގުމެވެ.
ދައުލަތުން ނަގާ ދަރަންޏާ ގުޅޭ މައުލޫމާތު މަޖިލީހަށް ހިއްސާކުރަން ޖެހެނީވެސް މިހާރު ގާނޫނުގައި އޮންނަ ގޮތުން އެ ދަރަންޏެއް ނަގާތާ 90 ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު