ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމުގައި ސިވިލްސަރވިސް ކޮމިޝަނުން ދަތިކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާއި ގުޅިގެން އެ ކޮމިޝަނުން ދިފާއުގައި ބަޔާނެއް ނެރެ އެކަން ދޮގުކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރަކަށްއައިސް ކައުންސިލްތަކުގެ އިދާރީ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ހުއްދަ ނުދޭކަމަށް ބުނެ، ކޮމިޝަނުން އެފަދަ ކަންކަމުގައި އަމަލުކުރާ މިންގަނޑުތައް އޮޅޭގޮތަށް އަޑުފެތުރެމުން ދާކަން ފާހަގަވެފައިވާ ކަމަށެވެ.
ކޮމިޝަނުން ބުނީ، ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިއުލާނު ކުރުމުގެ ކުރިން ކޮމިޝަނުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެކަން ކައުންސިލް އިދާރާތަކަށް ކޮމިޝަނުންވާނީ އަންގާފައިކަމަށެވެ. އެއާއި އެއްގޮތަށް އިދާރީ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައާއެކު މުވައްޒަފުން ހޯދުމަކީ އެ އިދާރާއެއްގެ ޒިންމާއެއް ކަމުގައި ކޮމިޝަނުން ބުނެފައިވެއެވެ.
ކޮމިޝަނުން ބުނީ، ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގެ ބޭރުން ވަކި ޕްރޮޖެކްޓަކަށް ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފެއް ނެގުމަށް ކައުންސިލަކުން ބޭނުންވާނަމަ، އެކަމާ ގުޅޭ މައުލޫމާތު އެ ކޮމިޝަނަށް ފޮނުވުމުން އެ މަގާމުތަކަށް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުގެ ތެރެއިން ކޮމިޝަނުން ދަނީ ހުއްދަ ދެމުން ކަމަށެވެ. އަދި ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލާނެ ގޮތުގެ އުސޫލެއް އެ ކޮމިޝަނާއި އެލްޖީއޭ ގުޅިގެން އެކުލަވާލާ އާންމު ކޮށްފައިވާނޭ ކަމަށާއި އެ އުސޫލާ އެއްގޮތަށް އޮނިގަނޑު އެކުލަވާލުމަކީ ކައުންސިލް އިދާރާތަކުގެ ޒިންމާއެއް ކަމަށް ވެސް ކޮމިޝަނުންވަނީ ބުނެފައެވެ.
ސިވިލްސަރވިސް ކޮމިޝަނުން ކަންކުރަމުން ގެންދާ ގޮތް ސާފު ކޮށްދެމުން އެ ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، ކައުންސިލްތަކުގެ އޮނިގަނޑު ފާސްވެފައި ނުވިނަމަވެސް، ކައުންސިލް އިދާރާތަކަށް ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަށް އެ ކައުންސިލެއްގެ އިދާރާގެ ބަޖެޓުން ހަރަދު ކުރެވެން އޮތްނަމަ، ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކޮމިޝަނުން ދަނީ ހުއްދަ ދެމުން ކަމަށެވެ.
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ އިދާރާކަމަށްވާ ސިވިލްސަރވިސް ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވަނީ، ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރާއި ކޮމިޝަނުން ދަތިކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ.
ކައުންސިލްތަކަށް މިހާރު ދިމާވާ މައްސަލަތައް ތަފުސީލުކޮށް ބަޔާން ކޮށްދީފައިވާ އެ ގަރާރުގައިވަނީ، ކައުންސިލްތަކަށް ގާނޫނީ ގޮތުން ބާރުވެރިކަން ލިބިދީފައި ވީނަމަވެސް ކަންކަން ތަންފީޒު ކުރުމުގައި ވަކިން ހާއްސަކޮށް މާލީ ގޮތުން ކައުންސިލްތަކަށް މަސައްކަތް ކުރުމުގައި ދަތިތައް ކުރިމަތިވަމުން ދާކަމާއި، އަދި ސިވިލްސަރވިސްގެ ތެރެއިން ބޮޑެތި ދަތިތައް ކުރިމަތިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
އެގޮތުން މަސައްކަތް ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް މުވައްޒަފުން ހޯދުމަށް އެދުމުން، އެކަން ކޮށްނުދެއްވާ ރުކުރުވާލައިގެން މަސައްކަތްތައް ކުރުމަށް ސިވިލްސަރވިސް ކޮމިޝަނުން އަންގާފައިވާ ކަމަށާއި، ކައުންސިލްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި، ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމަށް ކައުންސިލްތަކުގެ އާމްދަނީން ހަރަދުކޮށްގެން މުވައްޒަފުން ނެގުމަށް ސިވިލްސަރވިސް ކޮމިޝަނުގައި އެދުމުން ވެސް މުވައްޒަފުން ނެގުމަށް ހުއްދަ ނުދީ ހިފަހައްޓާކަން ވަނީ ފާހަގަ ކޮށްފައެވެ.
އަދި ވަޒީފާ ހަމަޖެއްސުމުގެ މަރުހަލާގައި ފިނޭންސް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނެގުމާއި އަދި އެ ހުއްދަ ލިބުމުން ސިވިލްސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން އެ ކޮމިޝަނުން އެޕްރޫވްވާން ގިނަ ދުވަސްތަކެއް ހޭދަވާކަން ވެސް ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން، ކައުންސިލްތަކުގެ އޮނިގަނޑު ފާސްކޮށް ނުދީ ކޮމިޝަނުން ދިގުދައްމަމުން ދާކަމަށާއި، އެކަމުގެ ސަބަބުން ކައުންސިލްތަކަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ގިނަ ކައުންސިލްތަކުގެ އޮނިގަނޑު ފާސްވެފައި ނުވާކަން ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު