ގދ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވެފައިވަނީ ގދ. ލޮނުދުހުއްޓާގައެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، އެރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން މިހާރު އެ ރަށަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ފަހުން ބުނީ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން މަސައްކަތްކޮށް މިރޭ 11:10 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
ގދ. ލޮނުދުހުއްޓާއަކީ ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ފެށި ރަށެކެވެ. އެހެން ނަމަވެސް އެރަށް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފެށިމަސައްކަތް ވަނީ ހުއްޓިފައެވެ. އެރަށުގައި އަލިފާން ރޯވިއިރު އެެއްވެސް މީހަކު ދިރިނޫޅޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ގދ.ލޮނުދުހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފި. އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުން. pic.twitter.com/4ImPfSQwFY
— Maldives National Defence Force (@MNDF_Official) May 24, 2022
އެމްއެންޑީއެފުން ފަހުން ބުނީ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން މަސައްކަތްކޮށް މިރޭ 11:10 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
ގދ. ލޮނުދުހުއްޓާއަކީ ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ފެށި ރަށެކެވެ. އެހެން ނަމަވެސް އެރަށް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފެށިމަސައްކަތް ވަނީ ހުއްޓިފައެވެ. އެރަށުގައި އަލިފާން ރޯވިއިރު އެެއްވެސް މީހަކު ދިރިނޫޅޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު