ސްކޫލަކަށް ވަދެ ހިންގާނީ މާރާމާރީއެއް ނޫންކަމަށާއި އެއީ ޓެރަރިޒަމް ހިންގުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު، ވައްޑެ ވިދާޅުވެއްޖެއެވެ.
ވަޙީދު މިފަދައިން ވިދާޅުވީ، ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެ، ފުލުހުން އޭނާ ހައްޔަރު ވެސް ކޮށްފައިވަނިކޮށެވެ.
މިކަމާއި ގުޅިގެން ވައްޑެ ވިދާޅުވީ، ސްކޫލެއްގައި ދަރިވަރުން ކިޔަވަމުން ދަނިކޮށް، ތޫނު ހަތިޔާރު ހިފައިގެން ވަދެ، ކިޔަވައިދޭ ތައުލީމާ ދެކޮޅަށް އަޑުއުފުލައި، ސްކޫލުގެ ހިންގުންތެރިންނަށް ހަމަލާދޭން އުޅުމަކީ "ހަމައެކަނި މާރާމާރީއެއް" ނޫންކަމަށެވެ. އެއީ ޓެރަރިޒަމް ކަމަށް ވެސް ވަޙީދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ފުލުހުން މިރޭ ބުނީ، ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް މިއަދު ހެނދުނު 8:49 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މާރާމާރީ ހިންގާ ހަމަލާދޭން އުޅެފައިވަނީ އެ ސްކޫލްގެ ޕްރިންސިޕަލަށެވެ. އަދި ސްކޫލްތެރެއަށްވަދެ ﷲއަކުބަރު ގޮވާ ހަދާފައިވާ ކަމަށް މަންޒަރުދުއް މީހުން ބުނެފައިވެއެވެ.

ސްކޫލެއްގައި ދަރިވަރުން ކިޔަވަމުން ދަނިކޮށް، ތޫނު ހަތިޔާރު ހިފައިގެން ވަދެ، ކިޔަވައިދޭ ތަޢުލީމާ ދެކޮޅަށް އަޑުއުފުލައި، ސްކޫލުގެ ހިންގުންތެރިންނަށް ހަމަލާދޭން އުޅުމަކީ “ހަމައެކަނި މާރާމާރީއެއް” ނޫނެވެ. އެއީ ޓެރަރިޒަމެވެ.
— Waddey (@waddey_) May 24, 2022
މި މައްސަލާގައި ފުލުހުން މިރޭ ބުނީ، ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް މިއަދު ހެނދުނު 8:49 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މާރާމާރީ ހިންގާ ހަމަލާދޭން އުޅެފައިވަނީ އެ ސްކޫލްގެ ޕްރިންސިޕަލަށެވެ. އަދި ސްކޫލްތެރެއަށްވަދެ ﷲއަކުބަރު ގޮވާ ހަދާފައިވާ ކަމަށް މަންޒަރުދުއް މީހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު