މާދަމާ ހެނދުނު 9:00 އިން ފެށިގެން މާލޭގެ 2 ސަރަޙައްދަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ދުނބުރި މިސްކިތް ހުންނަ ސަރަޙައްދާއި އަރަބިއްޔާ ފްލެޓްތައް ހުންނަ ސަރަޙައްދުން ހެނދުނު 9:00 އިން ފެށިގެން 35 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށެވެ. އެވަގުތު ކަރަންޓު ކަނޑާލަނީ ފީޑަރުތަކުގެ ލޯޑު އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ މުހިންމު މަސައްކަތެއް ކުރަން ޖެހޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ ފަތިހު މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައެވެ. އަދި އެމައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މުޅި މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ.
މާލެއިން ކަރަންޓު ކެނޑިފައިވަނީ މާލެއަށް ކަރަންޓު ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން 8 ވަނަ ފީޑަރުން ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. މާލެއިން ކަރަންޓު ދިއުމަށް ދިމާވި މައްސަލައަށް ދާއިމީ ޙައްލެއް ގެންނަން ދެ ދުވަހެއްވަރު ނަގާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު