އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު
އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ ގެ ބަސްތައް ޕާކުރާނެ ބިމެއް ހުޅުމާލެއިން އެ ކުންފުންޏަށް ދީފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން ބުނީ އެމްޓީސީސީގެ ބަސްތައް ޕާކުކުރަން ހުޅުމާލެއިން ދޫކޮށްފައިވަނީ ބުރިޖުން ހުޅުމާލެ އަންނައިރު ހުންނަ ބަސް ޓާމިނަލް ކަމަށެވެ.

މިއެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސެއިން މޫސާ އެވެ.



އެމްޓީސީސީން މާލެ ހުޅުމާލެ އާއި ދެމެދު ދަތުރުކުރާ ބަސްތައް މިހާރު ޕާކު ކުރަނީ ރިންގް ރޯޑުގައި ހުންނަ ބަސް ސްޓޭޝަންގައެވެ.

ހުޅުމާލޭ ފޭސް ދޭކަށް ބަހުގެ ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވާ ސަރުކާރުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނި އެމްޓީސީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަށް ހާއްސަކޮށްގެން އިތުރު ބަސްތަކެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މި މަހުން ފެށިގެން މި ބަސްތަކުގައި ދަތުރުތައް ފަށާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވީ އެ ބަސްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ނިންމެވުމާ އެއްގޮތަށް ގެނައި ބަސްތަކެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން