މަންކީޕޮކްސް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހަން މަޖުބޫރުކޮށް ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ކުރިއަށްގެންދާ ހާލަތަށް އަދި ބަލީގެ ހާލަތު ނުދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހާމަކޮށްފިއެވެ.

ސިއްހަތު ޖަމިއްޔާއިން ބުނީ އެފްރިކާ ބައްރުން ބޭރުގެ ގައުމުތަކުގައި އަދި މިބަލި ހަލުވިކަމާއެކު ފެތުރެމުން ނުދާކަމަށާއި، އެހެން ކަމުން ގައިން ތާހިރުވެ، ސާފުތާހިރުވުމުގެ ކަންކަމަށް އިސްކަންދީ، ޖިންސީ ގުޅުން ހިންގުމުގައި ރައްކާތެރިކަމަށް ސަމާލުވެ، ގައިގޯޅިވުން މަދުކުރާނަމަ މިބަލި ފެތުރުން ކޮންޓްރޯލް ވާނެކަމަށެވެ. އަދި މިބައްޔަކީ ދުނިޔޭގައި އާންމު ނޫން ބައްޔަކަށް ވާތީ މިބައްޔަށް ވަގުތުން އެންޓިވައިރަލް ބޭހާއި ވެކްސިން ފޯރުކޮށްދިނުން ދަތިވާނެކަމަށްވެސް އެޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހެން އަންގާފައިވީނަމަވެސް، ޖަރުމަނު ވިލާތުން ވަނީ 4 ލައްކައަށްވުރެ ގިނަ ވެކްސިން ޑޯޒު ހޯދަން މަސައްކަތްކުރާކަމަށް ބުނެފައެވެ. އަދި އިނގިރޭސިވިލާތުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށް ވެކްސިން ދޭން ވަނީ ފަށާފައެވެ.

މީގެއިތުރުން އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލުން ވަނީ މަންކީޕޮކްސްއިން ރައްކާތެރިވުމަށް އާވެކްސިނެއް ރިލީޒްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަންވެސް ހާމަކޮށްފައެވެ.

މަންކީޕޮކްސަކީ އިންފެކްޝަސް ޑިޒީޒްއެއްގޮތުގައި ކަނޑައަޅާފައިވާ ބައްޔެކެވެ. މިބަލި ޖެހޭ މީހުންގެ ހާލު މާބޮޑުނުވިނަމަވެސް މިބަލި ގިނައިން ފެނިފައިވަނީ އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުންނެވެ. ގައިންގަޔަށް އަރާ މިބަލި ކޮންޓްރޯލް  ކުރެވޭނެކަމުގެ ޔަގީންކަން ސިއްހަތު ޖަމިއްޔާއިން ދެމުންދާއިރު، އެމެރިކާ އަދި ޔޫރަޕުގެ ގިނަ ގައުމުތަކުގައި މިބަލިި ފެތުރެމުންދާލެއް ހަލުވިކަމުން އެޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން