މަހުން މަހަށް މުސާރަ ނުދޭތީ މުވައްޒަފުން ޝަކުވާ ކުރަމުންދިޔަ އަތަމާ މެރިން އިންޓަރނޭޝަނަލުން ހިންގާ ކިހާ މޯލްޑިވްސްއިން ދައުލަތަށް ދައްކަން ޖެހޭ ރިސޯޓްގެ ކުލިވެސް ނުދައްކާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައި ވަނީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު، މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި ފުރަތަމަ ފަހަރަށް އިއްޔެ ހާމަކުރަން ފެށުމުންނެވެ.
ކިހާ މޯލްޑިވްސްގެ ބައެއް ދިވެހި މުވައްޒަފުންގެ ތެރޭގައި ވޭތުވެދިޔަ ވޭތުވެދިޔަ ތިންމަސް ދުވަހުގެ މުސާރަ ނުދޭ މުވައްޒަފުން ހިމެނޭ ކަމަށް އެރިސޯޓުގައި މަސައްކަތްކުރާ ބައެއް މުއައްޒަފުން ބުނެފައި ވެއެވެ. އަދި އެމީހުންނަށް މުސާރަ ދިނުމުގައި ސަރުކާރުން ކަނޑައަޅާފައިވާ މިނިމަމް ވޭޖާ އެއްގޮތަށް އަމަލު ނުކުރާ ކަމުގެ ޝަކުވާ ވެސް އެ މުވައްޒަފުން ވަނީ ކޮށްފައެވެ. ނަމަވެސް "ރަސް އޮންލައިން" ގައި މި ޚަބަރު ޝާއިޢު ކުރިފަހުން ނުދީ ހުރި މުސާރަތައް މިހާރު ދީފައިވާ ކަމަށް ބައެއް އެމުވައްޒަފުން މިއަދު ވަނީ ބުނެފައެވެ.
ނަމަވެސް މި ޚަބަރު "ރަސް އޮންލައިން" ގައި ޝާއިޢު ކުރުމުން އެރިސޯޓުގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު ވަނީ ނޫހުގެ އެޑިޓަރަށް ސިޓީއެއް ފޮނުވައި އެޚަބަރުގައިވާ ބައެއް މައުލޫމާތު ދޮގުކޮށް ޚަބަރު ނެގުމަށް އަންގައި އިންޒާރުދީ ބިރުދައްކައިފައެވެ. އެ ސިޓީގައި މުސާރަ ނުދޭ ކަމަށް ބުނާ ވާހަކައަކީ ދޮގެއްކަން ސާބިތުކޮށް ދިނުމަށް "ރަސް އޮންލައިނުން" ވާނީ އެދިފައެވެ.
"ނޭމް އެންޑް ޝޭމް"ގެ ނަމުގައި މީރާއިން އާއްމުކޮށްފައިވާ ލިސްޓުގައި 12 ރިސޯޓް އޮޕަރޭޓަރުން އަދި 13 ރިސޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ 100،000 ރުފިޔާއަށް ވުރެ މަތީ އަދަދުތަކުން ފައިސާ ނުދައްކާ ފަރާތްތަކެވެ.
މީރާއިން އާންމުކޮށްފައިވަނީ، މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ޓޫރިޒަމް ބިމު ކުލީގެ ފައިސާ ނުދައްކާ 12 ފަރާތަކާއި ދަނޑުވެރިކަމުގެ ބިމު ކުލީގެ ފައިސާ ނުދައްކާ ހަތަރު ފަރާތެކެވެ.
ޓޫރިޒަމް ބިމު ކުލީގެ ފައިސާ ނުދައްކާ ފަރާތްތައް:-
ޓްރިޕަލް އޭ އެންޑް ޓްރޭޑިން ކޮމްޕެނީ - ފިލިތެޔޮ އައިލެންޑް ރިސޯޓު
އަތަމާ މެރިން އިންޓަނޭޝަނަލް - ކިހާ މޯލްޑިވްސް
އޭބީއެން - ބްރެނިއާ ކޮއްޓެފަރު
ހެވީ ލޯޑް މޯލްޑިވްސް - ރަހާ ރިސޯޓު
ބޮން ފްރީ - ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
މެދުފުށި އިންވެސްޓްމަންޓް - މެދުފުށި އައިލެންޑް ރިސޯޓު
ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް - އެރިޔަދޫ އައިލެންޑް ރިސޯޓު
ސައުތު ޕާމް މޯލްޑިވްސް - ސައުތު ޕާމް ރިސޯޓް މޯލްޑިވްސް
ސަންލޭންޑް ހޮޓެލްސް - ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ އައިލެންޑް ރިސޯޓު
ސަންލޭންޑް ޓްރެވަލް - މަކުނުދޫ އައިލެންޑް ރިސޯޓު
ތެލުވެލިގާ ރިޓްރީޓް - ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް
ހޮނޑާފުށި އައިލެންޑް ރިސޯޓު
ރިސޯޓް ކުއްޔާއި، އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ.
ދަނޑުވެރިކަމުގެ ބިމު ކުލީގެ ފައިސާ ނުދައްކާ ފަރާތްތައް:-
މަސްމީރު އަކުއާ ކަލްޗާ ކޮމްޕެނީ - ށ. އެރިޔަދޫ
އޯޝަން ކުއާޓިއާ ޕްރޮޕަޓީސް - ޅ. ގާއެރިފަރު
ސީނު މޯލްޑިވްސް - ށ. މެދުކުނބުރުދޫ
މުހައްމަދު ވަހީދު - ށ. މަޑިދޫ
އެއްވެސް މަރުހަލާއެއްގައި ނަން ހާމަކޮށްފައިވަނިކޮށް މީރާއަށް ދައްކަން ޖެހޭ ފައިސާ ދައްކައިފި ނަމަ، ދެން އޮންނަ މަރުހަލާއެއްގައި އެ ފަރާތެއްގެ ނަން އުނިކުރާނެކަމަށް މީރާއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު