އިންޑިއާއިން ހަކުރު އެކްސްޕޯޓުކުރުން ކޮންޓްރޯލްކޮށްފިއެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި ހަކުރު އެކްސްޕޯޓު ކުރުމުގައި ލިމިޓްކޮށް، 10 މިލިއަން ޓަނަށް ވަނީ ދަށްކޮށްފައެވެ. އަދި މިފަދައިން ހަކުރު އެކްސްޕޯޓުކުރުން ލިމިޓްކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުން އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.

މީގެއިތުރު، އިންޑިއާއިން ހަކުރު އެކްސްޕޯޓުކުރަން ބޭނުންވާ ފަރާތްތަކުން މިކަމަށް ހާއްސަ ހުއްދައެއް ސަރުކާރުން ނަގަންޖެހޭނެކަމަށްވެސް އިންޑިއާގެ ކަމާބެހޭ މުއައްސަސާއިން ވަނީ ކަނޑައަޅާފައެވެ. އަދި މިފަދަ ނިންމުމެއް ނިންމާފައިވަނީ ދުނިޔޭގެ ކާބޯތަކެތީގެ އިންފްލޭޝަނަށް ރިއާޔަތްކޮށްކަމަށްވެއެވެ.

އިންޑިއާއަކީ ދުނިޔޭގަ ހަކުރު އުފައްދާ އެންމެ ބޮޑުގައުމެވެ. އަދި އެންމެ ފުޅާދާއިރާއެއްގައި ހަކުރު އެކްސްޕޯޓުކުރާ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި ހިމެނެނީވެސް އިންޑިއާއެވެ. މިލިސްޓުގެ އެންމެ ކުރީގައި އުޅެނީ ބްރެޒިލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން