ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހަޅާ ބިލުތަކުގެ ލިސްޓް ރައީސް އޮފީހުން މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެ ވަނަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ މަޖިލީހަށް ފޮނުވާފައިވާކަމަށެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގައި ހިމެނެނީ 22 ބިލެކެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ތެރޭގައި ކޯޓުތަކާއި ބެހޭ ބިލު، ފަނޑިޔާރުންގެ ބިލު، އަދި ޖޭއެސްސީގެ ބިލު، ޖިނާއީ އިޖުރާއަތުގެ ބިލު، ގާނޫނުލްއުގޫބާތައް އިސްލާހު ގެނައުމުގެ ބިލް ފަދަ މުހިންމު ބިލުތައް ހިމެނެއެވެ.
މިބިލުތަކުގެ އިތުރުންވެސް މާލީ ކަންކަމާއި ގުޅޭ ބިލުތަކާއި އިޖްތިމާއީ ކަންކަމާއި ގުޅޭ ބިލުތަކެއްވެސް ހުށަހަޅަން ސަރުކާރުން މަޖިލީހަށް ފޮނުވި ލިސްޓުގައި ހިމެނެއެވެ.
މި ލިސްޓުގައި ހިމެނޭ 9 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.
މި ފެށުނު ދެ ވަނަ ދައުރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅަން ގަސްދުކުރި ބިލުތަކުގެ ތެރެއިން، އެ އޮފީހުން ރައީސް އޮފީހަށް މިހާތަނަށް ފޮނުވާފައިވާ 9 ބިލަކީ..
1.ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
2.ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
3.ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
4.ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
5.ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
6.ކުނި ނައްތާލުމާއި މެޖޭނުކުރުމުގެ ބިލު
7.ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
8.ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
9.ކެމިކަލް ހަތިޔާރު މަނާކުުމުގެ ބިލު
ސަރުކާރުން މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހަޅާ ބިލުތަކުގެ ލިސްޓް މަޖިލީހަށް ފޮނުވާފައިވާއިރު، މަޖިލީހުގައި މާބޮޑު މަސައްކަތެއް ނެތިގެން މަޖިލީހުގެ ޖަލްސާތައް ނިންމާލަމުންދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ކޮމިޓީތަކުގައި މަސައްކަތްތައް ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު