މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ވީޒާގެ މުއްދަތު ހަމަވެ، ވީޒާގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރިލު މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނީ އައު އުސޫލުގެ ދަށުން މެޑިކަލް ރިޕޯޓުގެ އިތުރުން ވީޒާ ހައްދަން އެދޭއިރު ހެލްތް އިންޝުއަރެންސް ޕޮލިސީވެސް ހުށަހަޅަންޖެހޭނެކަމަށެވެ. މީގެއިތުރުން ވޯކް ވީޒާ އާއި ބިޒްނަސް ވީޒާ ނޫން އެހެން ވީޒާއެއް ހޯދަން އެދޭއިރުވެސް އެ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭގޮތަށް އިމިގްރޭޝަނުން ވަނީ އުސޫލު ބަދަލުކޮށްފައެވެ. މިއީ މީގެކުރިން ހުށަހަޅަން ޖެހޭ ލިޔުންތަކެއް ނޫނެވެ.



އިމިގްރޭޝަންގެ އުސޫލުގައިވާ ގޮތުން ވީޒާ އިތުރުކުރުމަށް ހުށަހަޅާ މެޑިކަލް ރިޕޯޓަކީ ހެލްތު މިނިސްޓްރީން އެފަދަ ރިޕޯޓެއް ހެއްދުމަށް ހުއްދަ ދީފައިވާ މަރުކަޒަކުން ހައްދާފައިވާ ރިޕޯޓަކަށް ވާންޖެހޭނެއެވެ. އަދި އިންޝުއަރެންސް ޕޮލިސީއަކީ ރާއްޖެއިން އިންޝުއަރެންސް ދޭ ކުންފުންޏެއްގެ ޕޮލިސީއަކަށް ވާން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ޓޫރިސްޓު ވީޒާގެ މުއްދަތު އިތުރުކުރުމަށާއި ސްޕޮންސާޝިޕް ޑިކްލަރޭޝަން ހުށަހަޅާއިރު މި ލިޔެކިޔުންތައް ހުށަހަޅަންނުޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު