ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވިކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ލަސްވުމުން، އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެ، ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމާ ދެ ބޭފުޅުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު (ގާތް ގަނޑަކަށް 15 މިލިއަން ރުފިޔާ) ނަގައި އެފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ.
މިމައްސަލައިގައި މިދިޔަމަހު ބޭއްވި އަޑުއެހުމުގައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު މިދިޔަ މަހުގެ 27 ވަނަ ދުވަހު ހަމަވެފައިވާއިރު، ދައުލަތާއި ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުންވެސް އެ ހުށަހެޅުންތައް ހުށަހެޅީ މުއްދަތު ހަމަވިފަހުން މިމަހުގެ ކުރީކޮޅެވެ.
ދައުލަތާއި ޔާމިންގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ލަސްވީ 15 ދުވަސް ގުނާނެ ގޮތް ވަކީލުންނަށް އޮޅުމުންނެވެ. ދެ ފަރާތުންވެސް ގަބޫލުކުރީ 15 ދުވަސް ގުނަން ޖެހޭނީ ސަރުކާރު ބަންދު ނުހިމެނޭ ގޮތަށް ކަމަށެވެ. އެހެންނަމަވެސް ގާނޫނު ބުނާގޮތުން 7 ދުވަހަށް ވުރެ ދިގު މުއްދަތު ގުނާނީ ސަރުކާރު ބަންދުވެސް ހިމަނައިގެންނެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ 15 ދުވަހުގެ މުއްދަތަކީ ހުށަހެޅުންތައް ހުށަހަޅަން ގާނޫނުގެ ދަށުން ދެވޭނެ އެންމެ ދިގު މުއްދަތު ކަމަށެވެ. އަދި އެ މުއްދަތުގައި އެކަން ނުކޮށްފިނަމަ އިތުރު ފުރުސަތު ނުދެވޭނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.
އެހެންވެ، ޔާމީނާއި ޔޫސުފް ނައީމާއި ދައުލަތުން ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެ، ޝަރީއަތް ކުރިއަށްގެންދަން ނިންމަވާފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގައި ދެން އޮންނާނީ އެ ޝަރީއަތުގެ އަޑުއެހުންތައް ފެށުންކަމަށްވާއިރު، އެ ބައި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހެކިބަސް ނެގުމުގެ މަރުހަލާ ފަށާއިރު ޝަރީއަތް ލައިވްކުރާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު