އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ކަމަށްވާ ޖޭޕީމޯގަން އިން ބުނުމާއި ގުޅިގެން، ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ޖޭޕީމޯގަން އިން އިއްޔެ ވަނީ، ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެކުލަވާލި އެނެލިސިސްއެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެ ހިމެނޭ ގޮތަށް، ބައެއް ގައުމުތަކުގެ ރިޒާވް 2023 ނިމޭއިރު ހުސްވެ ދަރަނި ނުދެއްކިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.
އެ ބޭންކްގެ ރިޕޯޓު އާންމުވުމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އަމީރުވަނީ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވާފައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ސްކޫކް ވިއްކައިގެން ދަރަނި މެނޭޖުކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން، ދައުލަތުގެ ދަރަނީގެ ތެރެއިން 192 މިލިއަން ޑޮލަރު މިދިޔަ އަހަރު ވަނީ ދައްކާފައި ކަމަށާއި، އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އިންޓްރެސްޓާ އެކު 62 މިލިއަން ޑޮލަރު ދައްކާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، 62 މިލިއަން ޑޮލަރު ދައްކާނެ ފަންޑް މިހާރު ވެސް ސަރުކާރުގައި އެބަހުރި ކަމަށާއި ދެން ކުރިއަށް އޮތް ތާނގައި، މީޑިއަމް ޓާމްގައި ރާއްޖޭގެ އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މިޑިއަމް ޓާމްގައި ރާއްޖޭގެ ދަރަނި ދެއްކުމުގެ އެއްވެސް ކަހަލަ ރިސްކެއް ނެތްކަމަށް ވަރަށް ޔަގީންކަމާއިއެކު ދެންނެވިދާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖޭޕީ މޯގަން ބޭންކަކީ ދިވެހިރާއްޖެއާ ވަރަށް ގާތުން މަސައްކަތް ކުރާ ބޭންކެއް ކަމަށާއި، މިދިޔަ އަހަރު ސްކޫކު ވިއްކުމުގައިވެސް އެންމެ އިސްކޮށް މަސައްކަތް ކުރި އެއް ބޭންކަކީވެސް އެއީކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އެ ބޭންކުން އިސްކޮށް ހަރަކަތްތެރިވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށްދާނެ ގޮތް ބަލާ އެ ޔަޤީންކަން އޮތުމުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ދަރަނީގެ ހާލަތާއިމެދު ގަވަރުނަރު ޢަލީ ހާޝިމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. ރިސޯޓުތަކުގެ ކުލި ކުޑަކުރުމަށް ސަރުކާރުން ފަތުރުވެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން އިގުތިސާދީ ކޮމެޓީގައި ހާޝިމް ވިދާޅުވީ، މި ބިލާއެކު ރާއްޖޭގެ އާމްދަނީއަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އަދި ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި ހާޝިމް ވިދާޅުވީ، މިއީ ރިސޯޓްތަކުގެ ކުލި ކުޑަކުރަން އެންމެ އެކަށީގެންވާ ވަގުތު ނޫންކަމަށާއި އެކަމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ޖޭޕީ މޯގަންގެ ދިރާސާއިން ދައްކާގޮތުން މިހާރު ދުނިޔޭގައި ހިނގަމުން އަންނަ ކަންކަމުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނެއެވެ. އެގޮތުން ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގެ ދަރަނި އަދާކުރަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށާއި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މިހާރު ވެސް ދަރަނި ބޮޑު ގައުމުތަކަށް ކަމަށް ޖޭޕީ މޯގަނުން ބުނެއެވެ.
ޖޭޕީމޯގަނުން ބުނާގޮތުން ސްރީލަންކާ ދިޔަ ހާލަތަށް ދިއުން އެންމެ ކައިރި ގައުމުތަކަކީ ލުބުނާން، ސުރިނާމް، ވެނެޒުއޭލާ އަދި ޒެމްބިއާއެވެ.
މީގެއިތުރުން މި ދިރާސާ ބިނާކުރި ގައުމުތަކުގެ ތެރެއިން 50 އިންސައްތަ ގައުމަކީ ދަރަނި ބޮޑުވެ، ދަރަނި އަދާ ނުކުރެވުމުގެ ބިރު އޮތް ގައުމުތައް ކަމަށާއި، އެ ފުރުސަތު އެންމެ ބޮޑު 8 ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭކަމަށް ޖޭޕީ މޯގަނުން ބުނެއެވެ. ރާއްޖޭގެ އިތުރުން، ބަހާމަސް އާއި ސެނެގާލް އާއި ރުވަންޑާ އާއި އިތިއޯޕިއާ އަށްވެސް މި ބިރު އެބައޮތްކަމަށް އެ ބޭންކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު