ހަކަތަރި ސާމާނު އާންމުންނަށް އަގުހެޔޮކޮށް ހޯދޭނެ ގޮތް ފަހި ކުރުމަށްޓަކައި ތައްޔާރު ކޮށްފައިވާ ފައިނޭންސިން ސްކީމެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ތައާރަފްކޮށްފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ތައާރަފްކުރާ އެ ސްކީމް ކުރިއަށްގެންދިޔުމަށް އެމްއައިބީން ނިންމާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ގުޅިގެންނެެވެ. މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކްޓިން ސީއީއޯ އަޙްމަދު ރިޒާއެވެ.
މި އެއްބަސްވުމުގެ ދަށުން، ހަކަތަރި ސާމާނު ބޭނުންކުރުމަށް ބާރުއެޅުމަށްޓަކައި ފައިނޭންސިން ސްކީމެއް އެމްއައިބީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ސްކީމު ތައްޔާރު ކޮށްފައި ވަނީ ލިސްޓް ބޭސްޑް ފައިނޭންސިން ސްކީމެއްގެ ގޮތުގައެވެ.
މި ސްކީމުން ގަނެވޭނީ ހަކަތަރި ޕްރޮގުރާމުގެ ދަށުން ލޭބަލް ޖަހާފައިވާ ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން ތިނެއް، ހަތަރެއް، އަދި ފަސް ތަރީގެ ތަކެތި ކަމަށް އެމްއައިބީން ބުނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މި ސްކީމްގެ ދަށުން ހަކަތަރި ލޭބަލްޖެހި ސާމާނު ގަނެދިނުމަށް ހަމަޖެހިފައިވަނީ 10 ޕަސެންޓް ރޭޓުގައި ކަމަށެވެ. އަދި މިއީ މިހާތަނަށް މިފަދަ ސްކީމަކުން ތަކެތި ގަނެދޭ އެންމެ ދަށް ރޭޓު ކަމަށް މިނިސްޓަރު ވަނީ ފާހަަގަކުރައްވާފައެވެ.
އެންވައިރަންމެންޓް މިނިސްޓްރީން ބުނީ ހަކަތަރި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ހިންގިއްޖެނަމަ، މިފަދަ މަސައްކަތްތަކާނުލާ، 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް އަންދާޒާކުރާ ހަކަތައިގެ މިންވަރުން 16 ޕަސެންޓް މަދު ކުރެވޭނެ ކަމަށެެވެ.
އެއީ އިންޖީނުގެއަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީއަށް ބަލާނަމަ، މިއީ 2030 އަށް ބޭނުންވާނެކަމަށް އަންދާޒާކުރާ ޖެނެރޭޝަން ކެޕޭސިޓީގެ ތެރެއިން 147 މެގަވޮޓެވެ. އޭގެ ސަބަބުން އާ އިންޖީނުތައް ގަނެ، އިތުރު ކަރަންޓުގެ ނިޒާމުތައް ބިނާކުރުމަށް ކުރަންޖެހޭ ޚަރަދުގެ ތެރެއިން 800 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އަންދާޒާކުރެއެވެ.
އިމާރާތްތަކުން ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފްކުރުން މަދު ކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި ގޮތުގައި ހަކަތަ ބޭނުން ކުރުން އިތުރު ކުރުމަށް ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ އެހީއާއެކު އ.ދގެ ތިމާވެއްޓާބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ސްޓްރެންތެނިން ލޯ ކާބަން އެނަޖީ އައިލެންޑްސް ސްޓްރެޓަޖީސް ޕްރޮޖެކްޓުން އެ ފައިނޭންސިން ސްކީމަށް 12.3 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްލާމިކް ބޭންކުން މިފައިސާ ބޭނުންކުރާނީ ސްކީމް ހިންގުމަށް ގެރެންޓީއެއްގެ ގޮތުގައެވެ.
ހަކަތަރި ލޭބަލް ޖެހި ސާމާނު ގަތުމަށް ބޭނުންވާ މީހުންނަށް މި ސްކީމުން އެތަކެތި ގަނެދޭނީ ބޭންކުގެ ފައިސާއިންނެވެ. ބޭންކުގެ ފަރާތުން 15.4 މިލިއަން ރުފިޔާއާ ހަމައަށް ހަކަތަރި ލޭބަލް ޖެހި ސާމާނު، އެ ސްކީމްގެ ދަށުން ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

Agreement signed with @mibmv to provide financing for energy efficient appliances. @theGEF is providing MVR 12 million, through the #LCEI project (Implementation support by @UNEP) as a guarantee to the bank. @mibmv will finance up to MVR 15 million at the rate of 10% per annum pic.twitter.com/qGscWPIRfH
— Min. of Environment, Climate Change and Technology (@MoEnvmv) May 25, 2022
މި އެއްބަސްވުމުގެ ދަށުން، ހަކަތަރި ސާމާނު ބޭނުންކުރުމަށް ބާރުއެޅުމަށްޓަކައި ފައިނޭންސިން ސްކީމެއް އެމްއައިބީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ސްކީމު ތައްޔާރު ކޮށްފައި ވަނީ ލިސްޓް ބޭސްޑް ފައިނޭންސިން ސްކީމެއްގެ ގޮތުގައެވެ.
މި ސްކީމުން ގަނެވޭނީ ހަކަތަރި ޕްރޮގުރާމުގެ ދަށުން ލޭބަލް ޖަހާފައިވާ ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން ތިނެއް، ހަތަރެއް، އަދި ފަސް ތަރީގެ ތަކެތި ކަމަށް އެމްއައިބީން ބުނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މި ސްކީމްގެ ދަށުން ހަކަތަރި ލޭބަލްޖެހި ސާމާނު ގަނެދިނުމަށް ހަމަޖެހިފައިވަނީ 10 ޕަސެންޓް ރޭޓުގައި ކަމަށެވެ. އަދި މިއީ މިހާތަނަށް މިފަދަ ސްކީމަކުން ތަކެތި ގަނެދޭ އެންމެ ދަށް ރޭޓު ކަމަށް މިނިސްޓަރު ވަނީ ފާހަަގަކުރައްވާފައެވެ.
އެންވައިރަންމެންޓް މިނިސްޓްރީން ބުނީ ހަކަތަރި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ހިންގިއްޖެނަމަ، މިފަދަ މަސައްކަތްތަކާނުލާ، 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް އަންދާޒާކުރާ ހަކަތައިގެ މިންވަރުން 16 ޕަސެންޓް މަދު ކުރެވޭނެ ކަމަށެެވެ.
އެއީ އިންޖީނުގެއަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީއަށް ބަލާނަމަ، މިއީ 2030 އަށް ބޭނުންވާނެކަމަށް އަންދާޒާކުރާ ޖެނެރޭޝަން ކެޕޭސިޓީގެ ތެރެއިން 147 މެގަވޮޓެވެ. އޭގެ ސަބަބުން އާ އިންޖީނުތައް ގަނެ، އިތުރު ކަރަންޓުގެ ނިޒާމުތައް ބިނާކުރުމަށް ކުރަންޖެހޭ ޚަރަދުގެ ތެރެއިން 800 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އަންދާޒާކުރެއެވެ.
އިމާރާތްތަކުން ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފްކުރުން މަދު ކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި ގޮތުގައި ހަކަތަ ބޭނުން ކުރުން އިތުރު ކުރުމަށް ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ އެހީއާއެކު އ.ދގެ ތިމާވެއްޓާބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ސްޓްރެންތެނިން ލޯ ކާބަން އެނަޖީ އައިލެންޑްސް ސްޓްރެޓަޖީސް ޕްރޮޖެކްޓުން އެ ފައިނޭންސިން ސްކީމަށް 12.3 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްލާމިކް ބޭންކުން މިފައިސާ ބޭނުންކުރާނީ ސްކީމް ހިންގުމަށް ގެރެންޓީއެއްގެ ގޮތުގައެވެ.
ހަކަތަރި ލޭބަލް ޖެހި ސާމާނު ގަތުމަށް ބޭނުންވާ މީހުންނަށް މި ސްކީމުން އެތަކެތި ގަނެދޭނީ ބޭންކުގެ ފައިސާއިންނެވެ. ބޭންކުގެ ފަރާތުން 15.4 މިލިއަން ރުފިޔާއާ ހަމައަށް ހަކަތަރި ލޭބަލް ޖެހި ސާމާނު، އެ ސްކީމްގެ ދަށުން ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ހިޔާލު