މިއަހަރު ތެލުގެ ސަބްސިޑީގެ ގޮތުގައި 340 މިލިއަން ރުފިޔާ ކަނޑައަޅައިފައި އޮތްނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު އޭގެ ހަތަރު ގުނަ ޚަރަދުވާނެކަމަށް ލަފާކުރެއްވޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ތެލުގެ ސަބްސިޑީ ދިނުމަށް ބަޖެޓްގައި ކަނޑައަޅާފައިވަނީ 340 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލައި އޭގެ ހަތަރު ގުނަ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އަމީރު ވިދާޅުވިއެވެ. އަދި ޚަރަދުތައް ކުޑަކުރުމަށް ތެލުން ޑިސްކައުންޓް ހޯދުމަށް އެކި ގައުމުތަކާ މަޝްވަރާކުރަމުން އަންނަކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ބޮޑުވެފައިވަނީ ރަޝިއާއާއި ޔޫކްރޭނާ ދެމެދު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކުގައި ތަކެތީގެ އަގު އުފުލިފައިވާތީ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ތެލުގެ އަގު އުފުލުމުގެ ސަބަބުން ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ދައުލަތުގެ ކޭޝްފްލޯއަށް އަންނަ ބުރަ މެނޭޖްކުރުމަށް އެސްޓީއޯ މެދުވެރިކޮށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިއަށްދާކަން ހާމަކުރައްވާފައެެވެ. އަމީރު އިތުރަށް ވިދާޅުވީ ރާއްޖެ ލަންކާ އޮތް ހާލަތަކަށް ނުދާނެ ކަމަށާއި އިގްތިސާދު އޮތީ ވަރުގަދަކޮށް ކަމަށެވެ. އަދި ދައުލަތުގެ ޚަރަދުތައް ބޮޑުވެ ޕްރޮޖެކްޓުތައް ހުއްޓާލަން ނުޖެހޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރުން މައްޗަށް އަރާފައެވެ. މިއަގު މިއަހަރު ތެރޭގައި ދަށްވާނެކަމަކަށް މާހިރުން ލަފައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު