ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ 22 ބިލްގެ ތެރެއިން ހަތް ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިހެންް ބުނެފައިމިވަނީ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ 22 ބިލްގެ ތެރެއިން މިއަދުގެ ނިޔަލަށް ލިބިފައިވަނީ ދެ ބިލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. މަޖިލިސް ރައީސް ވިދާޅުވީ އެއީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް އެކަނި ކަމަށެވެ.
ރައީސް އޮފީހުން މިރޭ މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ 22 ބިލްގެ ތެރެއިން ހަތް ބިލް މިހާރު މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވި ހަތް ބިލަކީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލްގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މަޖިލީހުގެ މިދައުރުގައި ހުށައަޅަން ނިންމާފައިވާ ބިލުތައް:-
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް
ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ބިލް
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
އާބިޓްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލް
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް
ރައީސް އޮފީހުން ބުނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. ބާކީހުރި ބިލުތައް މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް އޮފީހުން ބުނީ މިފަދަ ބިލްތަކަކީ ފަންނީ އަދި އެހެނިހެން ހޯދުންތަކުގެ އަލީގައި ޑްރާފްޓްކުރެވޭ ބިލްތަކެއް ކަމަށާއި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ބިލްތައް ހުށަހެޅުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމަށެވެ.
"ސަރުކާރުން ހުށަހަޅާ ބިލްތަކުގެ މަސައްކަތް މަޖިލީހުން އަވަސް ކޮށްދެއްވައި، އަވަހަށް ފާސްކޮށްދެއްވުމުގެ މުހިންމުކަން ފާހަގަކުރަމެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު