2022، އަދި 2023 ވަނަ އަހަރު ވެސް ދައުލަތުގެ ދަރަނި ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެެއްޖެއެވެ.
އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ދައުލަތުގެ ދަރަނި ދެއްކޭނެ ކަމަށާއި، ދަރަނި ދެއްކުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިއްމާފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ އިގްތިސާދީ ގޮތުން ދަތިކަން ހުރި ނަމަވެސް އެ ދަތިތަކާއެކު ވެސް އަޅަންޖެހޭ ފިޔަވަޅު އަޅައި އިގްތިސާދަށް އަންނަ ކުރިއެރުމާއެކު ހަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
"ހަމައެއާއެކު ކުރިއަށް އޮތް 2023 ވަނަ އަހަރު 2024 ވަނަ އަހަރު ވެސް އެކަމުގައި ދައްޗެއް ނެތި އިރާދަކުރެއްވިއްޔާ ބަޖެޓް ކުރެވިފައި އޮތް ގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަރުވަން." ރައީސް ސާލިޙު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ އަމާޒު ހުރީ ރަނގަޅަށް ކަމަށެވެ. ފަތުރުވެރިކަމުން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ އަސަރު ރާއްޖެއާއި ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ފެށުނުއިރު އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައީ ރަޝިޔާއިން ކަމަށާއި، ހަނގުރާމައާއި ގުޅިގެން އެގައުމުން ޓޫރިސްޓުން އައުން ހުއްޓިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އަދި ހަނގުރާމައާއެކު ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި ތަކެތީގެ އަގު އުފުލިގެން ހިގައްޖެ ކަމަށާއި އެކަމާ ގުޅިގެން ދައުލަތުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ ތެލަށް ކުރަންޖެހޭ ޚަރަދު އިތުރުވެފައިވާ ކަމަށެވެ.
"ސަބްސިޑީޒް ގޮތުގައި އޭރު ކަނޑައަޅާފައި އޮތް 400 މިލިއަން ރުފިޔާގެ ބަދަލުގައި ބިލިއަނަކަށްވުރެ ބަޖެޓުން ހޭދަކުރަންޖެހިއްޖެ. އޭގެ އިތުރުން އިމްޕޯޓްކުރާ އެހެން މުދާތަކަށް ބަޖެޓުން އިތުރު ޚަރަދު ކުރަން ޖެހިއްޖެ، އެހެން ނަމަވެސް އިގްތިސާދުގެ އަމާޒު ހުރީ ރަނގަޅަށް." ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ދައުލަތުން ކުރަންޖެހޭ ހޭދަ އިތުރުވުމުގެ ސަބަބުން އެކަމާމެދު ވިސްނަންޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަދު ބޭއްވި އިކޮންމިކް ކައުންސިލް ބައްދަލުވުމުގައި އެކަމާ ގުޅިގެން ފިޔަވަޅު ތަކެއް އަޅަން ނިއްމަައިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"ކުރިން ނިއްމާފައި އޮތީ ރިސޯޓުތަކުން ލޭންޑް ރެންޓް ކުޑަކުރުމަށް. އެ ނިއްމުން މިވަގުތަށް މަޑުޖައްސާލަން މިވަނީ ނިއްމާފައި. އެގޮތުން ބަޖެޓަށް އުނިވެގެންދާނެ ބައި އިރާދަކުރެއްވިއްޔާ ކަވަރު ވެގެންދާނެ. އޭގެ އިތުރުން އިތުރު މެޝާތަކެއް ނެގުމަށް މިއަދު ވާނީ ނިއްމާފައި." ރައީސް ވިދާޅުވިއެެވެ.

President @ibusolih attends ceremony held to celebrate @MWSC_Official’s 27th anniversary pic.twitter.com/FNdBt2p40G
— The President's Office (@presidencymv) May 25, 2022
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ އަމާޒު ހުރީ ރަނގަޅަށް ކަމަށެވެ. ފަތުރުވެރިކަމުން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ އަސަރު ރާއްޖެއާއި ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ފެށުނުއިރު އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައީ ރަޝިޔާއިން ކަމަށާއި، ހަނގުރާމައާއި ގުޅިގެން އެގައުމުން ޓޫރިސްޓުން އައުން ހުއްޓިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އަދި ހަނގުރާމައާއެކު ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި ތަކެތީގެ އަގު އުފުލިގެން ހިގައްޖެ ކަމަށާއި އެކަމާ ގުޅިގެން ދައުލަތުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ ތެލަށް ކުރަންޖެހޭ ޚަރަދު އިތުރުވެފައިވާ ކަމަށެވެ.
"ސަބްސިޑީޒް ގޮތުގައި އޭރު ކަނޑައަޅާފައި އޮތް 400 މިލިއަން ރުފިޔާގެ ބަދަލުގައި ބިލިއަނަކަށްވުރެ ބަޖެޓުން ހޭދަކުރަންޖެހިއްޖެ. އޭގެ އިތުރުން އިމްޕޯޓްކުރާ އެހެން މުދާތަކަށް ބަޖެޓުން އިތުރު ޚަރަދު ކުރަން ޖެހިއްޖެ، އެހެން ނަމަވެސް އިގްތިސާދުގެ އަމާޒު ހުރީ ރަނގަޅަށް." ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ދައުލަތުން ކުރަންޖެހޭ ހޭދަ އިތުރުވުމުގެ ސަބަބުން އެކަމާމެދު ވިސްނަންޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަދު ބޭއްވި އިކޮންމިކް ކައުންސިލް ބައްދަލުވުމުގައި އެކަމާ ގުޅިގެން ފިޔަވަޅު ތަކެއް އަޅަން ނިއްމަައިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"ކުރިން ނިއްމާފައި އޮތީ ރިސޯޓުތަކުން ލޭންޑް ރެންޓް ކުޑަކުރުމަށް. އެ ނިއްމުން މިވަގުތަށް މަޑުޖައްސާލަން މިވަނީ ނިއްމާފައި. އެގޮތުން ބަޖެޓަށް އުނިވެގެންދާނެ ބައި އިރާދަކުރެއްވިއްޔާ ކަވަރު ވެގެންދާނެ. އޭގެ އިތުރުން އިތުރު މެޝާތަކެއް ނެގުމަށް މިއަދު ވާނީ ނިއްމާފައި." ރައީސް ވިދާޅުވިއެެވެ.
ކިޔުންތެރިންގެ ހިޔާލު