އެމްޑަބްލިއުއެސްސީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހިންގަމުން އަންނަ ފެނާއި ނަރުދަމާގެ 31 ޕްރޮޖެކްޓްގެ ތެރެއިން ހަތަރު ޕްރޮޖެކްޓްގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހު އަލީ ވިދާޅުވީ، ފެނާއި ނަރުދަމާ ނިޒާމްގެ ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް މިއަހަރުގެ މިހާތަނަށް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ 31 ޕްރޮޖެކްޓްގެ ތެރެއިން 20 ޕްރޮޖެކްޓެއް މިއަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ޝާހް ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހް ވިދާޅުވީ ބިއްލޫރިފުޅީގައި ފެން ބައްދުކުރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އެކަމަށްޓަކައި އެކުންފުނީގެ ބޮޓްލިންގ ފެކްޓްރީއަށް ބަދަލުތައް ގެނެސް ބިއްލޫރި ފޯރުކޮށްދޭނެ ސަޕްލަޔަރުން ހޯދާފައިވާކަން ޝާހް ވަނީ ފާހަގަކުރައްވާފައެވެ.
ޝާހް ވިދާޅުވީ އެ ކުންފުންޏަށް ގެންނަ ބަދަލުތަކާއި ގުޅޭ ދިރާސާ އެއް ހަދާފައިވާ ކަމަށެވެ. އަދި އެބަދަލު ގެނައުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުންފުނީގެ އުފެއްދުންތެރިކަމަށް ގެނެވޭ ބަދަލުގެ ދިރާސާ އެއް ވަނީ ހެދިފައި. އަދި މި ދިރާސާގެ އަަލީގައި ކުންފުނީގެ އާ އުފެއްދުންތަކަށް މަގުފަހިވެގެންދާނެ، އުފެދުންތެރިކަމާއެކު ކުންފުނީގެ ވިޔަފާރީގައި އިތުރު ކުރި ފަޅަންޖެހޭ. ކުންފުނިން އުފައްދާ މާކެޓް ކުރަމުންދާ ޕީވީސީ ހޮޅި އާއި ފިޓިންސް އަކީ މީގެ މުހިންމު ބައެއް. މިއުފެއްދުން އިތުރަށް މާކެޓް ކުރުމަށްޓަކައި މާލޭގެ ހާޑްވެއާ ފިހާރަތަކާއެކު މަޝްވަރާތަށް ވަނީ ބޭއްވިފައި." ޝާހް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމްޑަބްލިއުއެސްސީން އިތުރު ޓާގެޓްތައް ކަނޑައަޅައި އިތުރު ޕްލޭންތަކެއް ރޭވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު ހިތުން ބޮޑު ބަދަލުތަކެއް، ކުރިއަށް އޮތް ތަނުގައި އަދި ގެނެވޭނެ. އަޅުގަނޑު އެދެނީ އެކަމަށް އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މެނޭޖްމަންޓުން ވިސްނަވައި، ކުރިއަށް އޮތް ތަނުގައި ގޮތްތަކެއް ހޯއްދަވައިދެއްވުން." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި "ޗެއާރމަން އެވޯޑް ފޯރ އެކްސެލެންސީ" ލިބުނު މުވައްޒަފަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

The President was joined at the event by Vice President @faisalnasym and senior government officials pic.twitter.com/rhFGpcXZd8
— The President's Office (@presidencymv) May 25, 2022
މީގެ އިތުރުން ޝާހް ވިދާޅުވީ ބިއްލޫރިފުޅީގައި ފެން ބައްދުކުރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އެކަމަށްޓަކައި އެކުންފުނީގެ ބޮޓްލިންގ ފެކްޓްރީއަށް ބަދަލުތައް ގެނެސް ބިއްލޫރި ފޯރުކޮށްދޭނެ ސަޕްލަޔަރުން ހޯދާފައިވާކަން ޝާހް ވަނީ ފާހަގަކުރައްވާފައެވެ.
ޝާހް ވިދާޅުވީ އެ ކުންފުންޏަށް ގެންނަ ބަދަލުތަކާއި ގުޅޭ ދިރާސާ އެއް ހަދާފައިވާ ކަމަށެވެ. އަދި އެބަދަލު ގެނައުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުންފުނީގެ އުފެއްދުންތެރިކަމަށް ގެނެވޭ ބަދަލުގެ ދިރާސާ އެއް ވަނީ ހެދިފައި. އަދި މި ދިރާސާގެ އަަލީގައި ކުންފުނީގެ އާ އުފެއްދުންތަކަށް މަގުފަހިވެގެންދާނެ، އުފެދުންތެރިކަމާއެކު ކުންފުނީގެ ވިޔަފާރީގައި އިތުރު ކުރި ފަޅަންޖެހޭ. ކުންފުނިން އުފައްދާ މާކެޓް ކުރަމުންދާ ޕީވީސީ ހޮޅި އާއި ފިޓިންސް އަކީ މީގެ މުހިންމު ބައެއް. މިއުފެއްދުން އިތުރަށް މާކެޓް ކުރުމަށްޓަކައި މާލޭގެ ހާޑްވެއާ ފިހާރަތަކާއެކު މަޝްވަރާތަށް ވަނީ ބޭއްވިފައި." ޝާހް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމްޑަބްލިއުއެސްސީން އިތުރު ޓާގެޓްތައް ކަނޑައަޅައި އިތުރު ޕްލޭންތަކެއް ރޭވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު ހިތުން ބޮޑު ބަދަލުތަކެއް، ކުރިއަށް އޮތް ތަނުގައި އަދި ގެނެވޭނެ. އަޅުގަނޑު އެދެނީ އެކަމަށް އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މެނޭޖްމަންޓުން ވިސްނަވައި، ކުރިއަށް އޮތް ތަނުގައި ގޮތްތަކެއް ހޯއްދަވައިދެއްވުން." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި "ޗެއާރމަން އެވޯޑް ފޯރ އެކްސެލެންސީ" ލިބުނު މުވައްޒަފަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ކިޔުންތެރިންގެ ހިޔާލު