އާބޮޑުވަޒީރަކު ހޮވުމަށް އިންތިހާބެއް ބާއްވަންދެން މުޒާހަރާ ކުރާނެކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފައިވަނީ ހުސްވިމަހުއެވެ. މިއާއެކު ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން އާބޮޑުވަޒީރަކު މަގާމާ ހަވާލުވެވަޑައިގެންފައިވަނީ އިދިކޮޅު ޕާޓީ ކޯލިޝަންގެ ލީޑަރ ޝަހްބާޒް ޝަރީފެވެ.

ނަމަވެސް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ވަނީ އޭނާ މަގާމުން ދުރުކޮށްފައިވަނީ އެމެރިކާގެ ނުފޫޒުންކަމަށް ވިދާޅުވެ، އާބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައިވާ ޝަހްބާޒް ޝަރީފް ގެ ސަރުކާރަށް ތާއިދު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން އިމްރާން ޚާނާއި އޭނާގެ ސަޕޯޓަރުން ދަނީ ޝަހްބާޒް ޚާން މަގާމަށް ހޮވިވަޑައިގަނެފައިވާގޮތާއި މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާކަން ފާހަގަކޮށް ޕާކިސްތާނުގެ އާބޮޑުވަޒީރަކު ހޮވުމަށް އާއިންތިހާބެއް ބޭއްވުމަށް ގޮވާލަމުންނެވެ.

އިމްރާން ޚާން މަގާމުން ދުރުކުރުމާއިއެކު އިމްރާން ޚާންގެ ސަޕޯޓަރުން ޕާކިސްތާނުގެ އެކިސަރަހައްދުތަކުގައި ކުރަމުންގެންދާ މުޒާހަރާތަކުގައި އިމްރާން ވެސް ބައިވެރިވަޑައިގަންނަވަމުންދާއިރު، މިމުޒާހަރާތައް މިހާރު މިސްރާބު ޖަހާފައިވަނީ ޕާކިސްތާނުގެ ވެރިރަށާއި ދިމާއަށެވެ. ނަމަވެސް އިއްޔެގެ މުޒާހަރާތައް ޕާކިސްތާނުގެ ވެރިރަށާ ހިސާބައް ދިޔަނުދީ ފުލުހުންވަނީ މުޒާހަރާ ރޫޅާލާފައެވެ.

ހުސްވިމަހު މަގާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅާފައިވަނީ އެގައުމުގެ އިގްތިސާދީ ހާލަތު ގޯސްވާންޖެހުނީ ބޮޑުވަޒީރުގެ ސަބަބުންކަމަށް ތުހުމަތުކޮށެވެ. މިވޯޓުގައި 174 މެމްބަރުން ވަނީ އިމްރާން ޚާންގެ އިތުބާރުނެތްކަމަށް ވޯޓް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން