ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމަގޮތުގައި ހިންގުމާއި ގުޅޭގޮތުން ބާއްވާ ޚާއްޞަ ސެމިނަރ "ވިޔަވަތި ރާއްޖެ" އުކުޅަހުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ލާމަރުކަޒީ ރާއްޖެ މި ޝިޔާރުގެ ދަށުން، ވިޔަވަތި ރާއްޖެ މި ނަމުގައި ކުރިއަށްގެންދާ މި ސެމިނަރ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އއ. އުކުޅަހުގައެވެ.

މި ސެމިނާ ފައްޓަވައިދެއްވާނީ ރައީސުލްޖުމްހުއްރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ސެމިނަރގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވާނެއެވެ. އަދި ލާމަރުކަޒީ ޤާނޫނު ހިންގުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.



"ވިޔަވަތި ރާއްޖެ"ގެ ފުރަތަމަ ސެމިނަރ ބާއްވާފައިވަނީ ކްރޮސް ރޯޑްސް މޯލްޑިވްސް ގައެވެ. އެ ސެމިނާގައިވެސް ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އޮތް ހާލަތާއި އެ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތްކުރަން ޖެހުނު ސަބަބާއި ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލާއެކު ކައުންސިލްތައް ބާރުވެރިކުރެވިގެންދާނެ ގޮތް ފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން މަޢުލޫމާތުދީ އެކި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިޔައެވެ.

މި ސެމިނާތަކުގައި ވަޒީރުންނާއި ކަމާއި ގުޅުންހުރި ތަޖުރިބާކާރުން މަޢުލޫމާތުދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު