މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ތަރައްޤީ ކުރަމުންދާ މާލެ އަތޮޅު ކުޑަގިރީގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑްގައި އެޗްޑީސީން އެޅުމަށް ހަމަޖެހިފައިވާ އިމާރާތްތަކުގެ ބިންގާ އަޅައިފިއެވެ.

ކުޑަގިރީގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑްގައި އެޗްޑީސީން އެޅުމަށް ހަމަޖެހިފައިވާ އިމާރާތްތަކުގެ ބިންގާ އަޅުއްވައިދެއްވީ ނައިބް ރައީސް ފައިޞަލް ނަޞީމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދެވެ.

އެޗްޑީސީން އެޅުމަށް ނިންމާފައިވާ އިމާރާތްތަަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަ ފާޚާނާތަކާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ފާޚަނާވެސް ހިމެނެއެވެ. މީގެ އިތުރަށް ނަރސިން ރޫމާއި 5 މަލްޓި ފާޓީ ހަޓްސްއާއި 15 ސިންގަލް ޕާޓީ ހަޓްތައްވެސް ހިމެނެއެއެވެ.



މީގެ ކުރިން ކުޑަގިރީގައި އަޅާ މިސްކިތާއި އެރަށް ބަލަހައްޓަން ތިބޭ މީޙުންގެ އެކަމަޑޭޝަން އިމާރާތުގެ ބިންގާވެސް ވަނީ އަޅާފައެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މުނިފޫހިފިލުވުމަށް ދަތުރުދާނެ ރަށެއްގެ ގޮތުގައި ކ. ކުޑަގިރި ހެދުމުގެ މަސައްކަތުގެ ދަށުން އެސަރަޙައްދުން 8 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކާފައެވެ. މިމަޝްރޫޢުގެ ދަށުން ކުޑަގިރީގައި 8 ހެކްޓަރުގެ ބިން ހިއްކައި 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކައްޓެއް ޖެހުމަށް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު