ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ވަސީލަތްތައް ދަނޑުވެރިންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމާއި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ދެމެދު ޕާރޓްނަރޝިޕް އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ނަމުގައި ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީ ކުރުމަށް 5 އަހަރު ދުވަހުގެ ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށާފައެވެ.
މި ޕްރޮގްރާމަކީ، ދިވެހި ސަރުކާރުން އިންޓަނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) ގެ އެހީގައި، ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ.
ޕްރޮގްރާމް އަމާޒު ކުރެވިފައި ވަނީ ތިލަދުންމަތީ އުތުރުބުރި އާއި ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށެވެ. އެގޮތުން، 3 ރަށެއްގައި ޕްރޮގްރާމްގެ މައިގަނޑު މަސައްކަތްތަކެއް ކުރެވި، ރާއްޖޭގެ އުތުރުގެ ގިނަ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި ޕްރޮގްރާމްގެ ދަށުން މި މިނިސްޓްރީއާއި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ދެމެދު ޕާރޓްނަޝިޕް އެގްރީމެންޓެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން މެޕް ޕްރޮޖެކްޓް އަމާޒުކުރެވޭ އުތުރުގެ 3 އަތޮޅެއްގެ 26 ރަށެއްގައި އެގްރޯނެޓް މެދުވެރިކޮށް ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ވަސީލަތްތައް ދަނޑުވެރިންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދޭނެއެވެ. އަދި މި މިނިސްޓްރީއާއި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ގުޅިގެން ދަނޑުވެރިންނަށް އަމާޒްކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު