އިންޑިއާ އަސްކަރިއްޔާ އަދި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ 2 ވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ނިންމާލައިފިއެވެ.

އިންޑިއާ އަސްކަރިއްޔާ އަދި އެމްއެންޑީއެފް ގުޅިގެން 2 ވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މި ސާވޭ ނިންމާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

މި ސާވޭ ކުރިއަށްގެންދިޔަ އިންޑިއާގެ މަނަވަރު ސުތްލެޖް ވަނީ ރާއްޖޭގެ އުތުރާއި، މާލެ ސަރަހައްދުގައި ސާވޭ ކޮށްފައެވެ. މާލޭ ސަރަހައްދުގައި ސާވޭ ކޮށްފައި ވަނީ ތިލަފުއްޓާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ޕޯޓް ހިމެނޭ ސަރަހައްދުގައެވެ.



މި ސާވޭގެ ތެރޭގައި 6500 ނެނޮމީޓަރުގެ ސައުންޑިން ހަދާފައިވާއިރު އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިން އަދި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދާފައެވެ.

ރާއްޖޭގައި ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދަރްޝަކް އިން މިދިޔަ އަހަރުގެ ފެބްރުއަރީ އަދި މާޗްގައެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށްޓަކައި ކުރެވޭ ސަރވޭއެކެވެ.



ކިޔުންތެރިންގެ ހިޔާލު