ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވިނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކަށް ސެޕްޓެންބަރު މަހު ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ނެޓްވޯކަކީ އެޗްޑީސީން ބްރައުންސް ސީއެމްއީީސީ އަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްގެން ކަރަންޓް ކުންފުނި، ސްޓްލެކޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގައި ސްޓެލްކޯގެ ޒިންމާއަކީ ދެ ކުންފުނީގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫގައި މިވަގުތު ކުރެވެމުން ދަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތެވެ.
ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމުން ވަގުތީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް ސްޓެލްކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އަވަށުގައި ހުރި އަމިއްލަ މީހުންގެ އިމާރާތްތަކަށް އެ ބަޔަކާ ސްޓެލްކޯއާ ދެމެދު ވެވޭ އެއްބަސްވުމަކުން ވަގުތީ ގޮތުން މިހާރު ވަނީ ކަަރަންޓް ފޯރުކޮށްދީފައެވެ.
މި މަޝްރޫއުގެ ދަށުން މިވަގުތު ކުރަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ޕްރޮޖެކްޓެއް ކަމަށްވާ ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމަށް ތައްޔާރުވުމަށްޓަކައި އެ ކޯޕަރޭޝަނުން ހަރަދުކޮށްގެން ސްޓެލްކޯ އާއި ބްރައުންސް ސީއެމްއީީސީއާ ހަވާލުކޮށްގެން ކަރަންޓް ނެޓްވޯކް ގާއިމުކުރެވުފައިވާނެ ކަމަށެވެ.
"އަދި މި ދެންނެވުނު އުސޫލުން ސްޓެލްކޯ އާއި ގުޅިގެން ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކަށް ކަަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަން ފާހަގަކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު