ރާއްޖޭން ހައްޖަށް ގެންދަން ލިބުނު ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލި 100 ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައަޅާނީ ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ. އެގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނެގޭނެ ކަމަށާއި އަދި ވެއިޓިން ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ފުރަތަމަ 100 ޖާގައަށް ނެގޭ މީހުންގެ ތެރެއިން މީހަކަށް އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެ ނަމަ ވެއިޓިން ކިއޫ ތަރުތީބުން ޖާގަ ދޭނެ އެވެ. އަދި ގުރުއަތުން ހޮވޭ މީހެއްގެ ޖާގަ އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެ ކަމަށް އެކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ފައިސާ ދައްކަން ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކާ މީހުންގެ ޖާގަ ވެސް ގެއްލޭނެ ކަމަށެވެ.
އާންމުކޮށް ހުޅުވައިލި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76،960ރ. އެވެ. މި ކޯޓާގައި ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ގިނަވަގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށް ހައްޖު ކޯޕަރޭޝަަނުން މައުލޫމާތުދެއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ 100 ކޯޓާ އަށް ކުރިމަތިލެވޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، މި އަހަރުގެ ޖޫން 15 އަށް 65 އަހަރުވެފައި ނުވާ އަދި ކޮވިޑްގެ ދެ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށެވެ. މި ކޯޓާގެ ދަށުން ހައްޖަށް ދާން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 2 ގެ ކުރިން ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3011000 ގުޅުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިޔުމަށްޓަކައި ސައޫދީ އަރަބިއްޔާ އިން ވަނީ 453 ކޯޓާ ދީފައެވެ. ރާއްޖެއިން މިއަަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރާނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ.

ކިޔުންތެރިންގެ ހިޔާލު