އަންނަ އަހަރުގެ ތެރޭގައި ވޭސްޓް އެނާޖީ ޕްލާންޓެއް ތިލަފުށީގައި ގާއިމު ކުރުމަށް ނިއްމައިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ވޭސްޓް އެނާޖީ ޕްލާންޓެއް ތިލަފުށީގައި ގާއިމު ކުރުމަށް ނިއްމައިފައިވާ ކަމަށާއި، އެ މަސައްކަތް ނިމުމުން ގާތްގަނޑަކަށް ދުވާލަކު އަށް މެގަވޯޓާއި ދިހަ މެގަ ވޯޓްގެ ކަަރަންޓް އެވަސީލަތުގެ ތެރެއިން އުފެދޭނެ ކަމަށެވެ. މިނިސްޓަރު ޝައުނާ ވިދާޅުވީ ތިލަފުށީގެ އެ މަޝްރޫޢުގެ ފޭސް 1 ގެ އިންފްރާންސްޓްރަކްޗާ ބައި އެއްކޮށް ނިމި މިހާރު އޮޕަރޭޝަންގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
"އަދި ހަމައެޔާއެކީގައި މި ޕްރޮޖެކްޓް އެއްކޮށް ނިމިގެން އަންނައިރު ތިލަފުށީގައި އުފެއްދޭނެ ކޮންސްޓްރަކްޝަން ވޭސްޓާއި ދަގަނޑާއި ޕްލާސްޓިކް އަދި ނުރައްކާތެރި ޓޮކްސިކް ވޭސްޓްވެސް ވަކި ކޮށްފަ ސެގްރިގޭޓް ކޮށްފަ ބެހެއްޓޭނެ ވަސީލަތްތައް ތިލަފުށީގައި ގާއިމު ކުރެވޭނެ،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝައުނާ ވިދާޅުވީ މި ޕްރޮޖެކްޓްގެ ތެރެއިން، ހަތަރު އަތޮޅެއްގެ ކުނީގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ. އެގޮތުން ކ. އަތޮޅާއި ވ. އަތޮޅު އަދި އއ. އަތޮޅާއި އދ. އަތޮޅުގެ ހުރިހާ ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އިތުރަށް ތަރައްގީ ކުރެވޭނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު