ވެމްކޯއަށް ނުލިބޭ 42 މިލިއަން ރުފިޔާ އެބައޮތްކަމަށާއި، ބިލު ނުދައްކާ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ދެމުންދާ ކުނި ނެގުމުގެ ޚިދުމަތް ހޯދުމަށްފަހު އެކުންފުންޏަށް އެކި ފަރާތްތަކުން ދައްކަންޖެހޭ 42 މިލިއަން ރުފިޔާ އެބައޮތްކަމަށެވެ. އަދި ކަމާ ގުޅޭ އެކި ފަރާތްތަކުން ވެސް އެއްބަސްވެފައިވަނީ ކުނި ނެގުމަށް ވެމްކޯއިން ފޯރުކޮށްދޭ ޚިދުމަތަށް ފީ ނުދައްކާ މައްސަލައަށް ޤާނޫނީ ޙައްލެއް ހޯދުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
ވެމްކޯއިން ބުނީ ބިލުތަކާއި ގުޅޭގޮތުން ރަނގަޅު މަޢުލޫމާތާއި ހިސާބު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
"އެންމެ އެކަށީގެންވާ ގޮތަކަށް އެކަން ނުކުރެވޭ. އަޅުގަނޑުމެންގެ ރިކޯޑުން އެބަދައްކާ އެ ކަންތައްތައް. އަޅުގަނޑުމެން މެނޭޖްމަންޓުން ވެސް އެކަން ގަބޫލުކުރަން. އެ ޑާޓާތައް ކްލިއަކުރުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެވޭ." ޔޫސުފް ވިދާޅުވިއެވެ.
ވެމްކޯއިން ބުނީ ކުރީގެ ބިލުތަކަށް ފައިސާ ނުލިބުނުނަމަވެސް މިހާރު ގިނަ ބަޔަކު ފީ ދައްކަމުން އަންކަމަށެވެ. އެގޮތުން އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީވެފައިވާ މާލޭގެ ގޭބިސީތަކުގެ 80 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ ގޭބިސީތަކުން ބަރާބަރަށް ފީ ދައްކަމުން އަންނަކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.
މާލެ ސަރަޙައްދުގައި ރަޖިސްޓްރީކޮށްގެން 25000 އާއި ގާތްކުރާ އަދަދެއްގެ ގޭބިސީތަކުން ވެމްކޯގެ ޚިދުމަތް ހޯދައެވެ.

ކިޔުންތެރިންގެ ހިޔާލު