ދައުލަތް ބަނގުރޫޓްވުމުގެ އަލާމާތްތައް ފެންނަމުންދާކަމަށް ބުނެ މަހިބަދު ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑު ވިދާޅުވެއްޖެއެވެ.
މެމްބަރު ތާރިގް މިފަދައިން ވާހަކަދައްކަވާފައި މިވަނީ ލޯނު ނުދެއްކި ރާއްޖެ ބަނގުރޫޓް ވެދާނެކަމަށް ބުނެ ދައްކާ ވާހަކަތަކާއި ގުޅުވާފައެވެ.
ތާރިގް ވަނީ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި ހިލާފަށް ކޮށްފައިވާ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޚަރަދަަށް ޒިންމާވުމުގެ ޤާނޫނުގައި، ދަރަނި ނަގަންވާނީ ޤައުމީ ތަރަށްޤީގެ މަސައްކަތަށް ނުވަތަ އުފެއްދުންތެރިކަން އިތުރުކުރާނެ މަޝްރޫއަކަށް ކަމަށް ތާރިގް ވިދާޅުވިއެވެ.
ނަމަވެސް އިންޑިޔާއިން ނެގި 1 ބިލިއަން ޑޮލަރުން ހުޅުމާލޭ ސެންޓްރަލް ޕާކް ލޭންޑްސްކޭޕް ކުރުން، ހުޅުމާލޭ ޖެޓީކައިރީ ބެންޗްހެދުން، ކުޑަކުދިން ކުޅޭޕާކް ހެދުން، ކުރިކެޓް ސްޓޭޑިއަމް އެޅުމަކީ ގާނޫނާއި އެއްގޮތަށް ކުރި ކަންކަންތޯ ތާރިގް ސުވާލުކުރެއްވިއެވެ.
"އަމީރު (ފިނޭންސް މިނިސްޓަރ) ވިދާޅުވި، އެންމެފަހުން ނެގި 500 މިލިއަން ޑޮލަރުން އެއްބައި ސަނީސައިޑް ބޮންޑު ދެއްކިކަމަށް، ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި ޚިލާފަށް ދަރަނި ދައްކަން ދަރަނި ނެގީ ކީއްވެ؟" ތާރިގް ސުވާލުކުރެއްވިއެވެ.
ތާރިގް ވިދާޅުވީ ދައުލަތް ބަނގުރޫޓްވާއިރު ފެންނަ އަލާމަތްތަކެއް ހުންނަކަމަށެވެ. އެގޮތުން މިނިސްޓަރ އަމީރު ރިސާވްގައި 800 މިލިއަން ޑޮލަރު ހުރިކަމަށް ވިދާޅުވާއިރު، އެ ރިޒާވަކީ މީހުންގެ އެކައުންޓްގައި ހުރި ޑޮލަރު އެއްކުރީމަ އަންނަ އަދަދެއްކަމަށް ތާރިގް ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުގެ ޔޫސެބަލް ރިސާވް (ހަނޑޫ ގަންނަން ހުރި އަދަދު) ހާމަނުކުރަނީ ކީއްވެތޯ ތާރިގް ސުވާލުކުރެއްވިއެވެ. އަދި އެސްޓީއޯ ކޭޝްފްލޯ ނެތިގެން، ކާޑު ގަންނަން ލޯނު ނަގަންޖެހުނީ ކީއްވެތޯވެސް އޭނާ އެއްސެވިއެވެ.
"ރާއްޖޭގެ ތެލުގެ މިނިމަމް ރިޒާވް- އެންމެ މަދުން ހުންނަން ބޭނުންވާ ސްޓޮކް އެފްއެސްއެމަށް ނުހިފެހެއްޓިގެން އުޅެނީ ކީއްވެ؟" ތާރިގްގެ ޓްވީޓްގައިވެއެވެ.
ދައުލަތުގެ މާލީ ސިޔާސަތަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ފާޑުކިޔަމުންދާއިރު، ސަރުކާރުން އަންނަނީ ރާއްޖޭގެ އިގްތިސާދު އޮތީ ވަރުގަދަކޮށްކަމަށް ބުނަމުންނެވެ. އަދި ރާއްޖެއިން ނަގާފައިވާ ލޯނުތައް ނުދެއްކޭފަދަ ހާލަތެއްގެ ބިރުވެރިކަމެއްވެސް ނެތްކަމަށް ސަރުކާރުން ބުނެއެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވެފައިވަނީ 2023 އަދި 2024 ގައި ވެސް ދައްޗެއް ނެތި ފަރަނި ދެއްކޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު