ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ވަޑައިގެންފި އެވެ.
އއ.އުކުޅަހަށް ރައީސް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެެވެ. ރައީސް ސާލިޙު އުކުޅަހަށް ވަޑައިގަތުމުން ކައުންސިލް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ރައީސް އުކުޅަހަށް ވަޑައިގަތީ ކައުންސިލަރުންނާއެކު ސަރުކާރުން ބާއްވާ، "ވިޔަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ދެވަނަ ބައިގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރާއްޖެތެރޭގެ ހުރިހާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވާމިފަހަރުގެ ބައްދަލުވުމުގައި ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތުގެ ޗާޓެއް އެކުލަވާލަން ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުން ކުރިއަށް ދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުންބަދަހިކުރުމުގެ ގޮތުން މިއަދު ހަވީރު އެރަށުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލް ފަށްޓަވައިދެއްވައި އެ ފެސްޓިވަލްގައި ކުރިޔަށްދިޔަ ކުޅިވަރުތަކުގައި ރައީސް ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އުކުޅަހު ތުނޑީ ސަރަޙައްދުގައި ކުރިޔަށް ގެންދިޔަ މި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ބީޗްވޮލީ، ވާދެމުން، ޕެނަލްޓީ ޖެހުންފަދަ ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.
ރައީސް އޮފީހުން ބުނީ މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބައްޓަންކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙްތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި އަދި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ޙައްލުތައްހޯއްދެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެއް ކަަމަށާއި ހަމަ އެހެންމެ މީގެ ކުރިން މަރުކަޒީގޮތުން އިދާރާތަކުން ކުރަމުންއައި މަސައްކަތްތަކާއި މަސްއޫލިއްތުތައް ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން، އަލަށް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުންނާ އ.ތ.މ ކޮމެޓީތަކުގެ ރައީސުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަކީ ވެސް ކޮންފަރެންސްގެ މުހިންމު އެއް ބޭނުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

President @ibusolih arrives on AA. Ukulhas for the 2nd "Viavathi Raajje" conference. This edition will be held from May 28-29, and will focus on further refining the administration’s decentralisation system and boosting efforts by the President to empower local councils and WDCs pic.twitter.com/UmNwd1NrgM
— The President's Office (@presidencymv) May 27, 2022
ރާއްޖެތެރޭގެ ހުރިހާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވާމިފަހަރުގެ ބައްދަލުވުމުގައި ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތުގެ ޗާޓެއް އެކުލަވާލަން ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުން ކުރިއަށް ދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުންބަދަހިކުރުމުގެ ގޮތުން މިއަދު ހަވީރު އެރަށުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލް ފަށްޓަވައިދެއްވައި އެ ފެސްޓިވަލްގައި ކުރިޔަށްދިޔަ ކުޅިވަރުތަކުގައި ރައީސް ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އުކުޅަހު ތުނޑީ ސަރަޙައްދުގައި ކުރިޔަށް ގެންދިޔަ މި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ބީޗްވޮލީ، ވާދެމުން، ޕެނަލްޓީ ޖެހުންފަދަ ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.
ރައީސް އޮފީހުން ބުނީ މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބައްޓަންކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙްތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި އަދި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ޙައްލުތައްހޯއްދެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެއް ކަަމަށާއި ހަމަ އެހެންމެ މީގެ ކުރިން މަރުކަޒީގޮތުން އިދާރާތަކުން ކުރަމުންއައި މަސައްކަތްތަކާއި މަސްއޫލިއްތުތައް ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން، އަލަށް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުންނާ އ.ތ.މ ކޮމެޓީތަކުގެ ރައީސުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަކީ ވެސް ކޮންފަރެންސްގެ މުހިންމު އެއް ބޭނުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު