ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގި މައްސަލައިގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހައި ކޯޓުގައި ތާވަލްކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާ މިދިޔަ މަހު ފުލުހުން ވަނީ ނަގާފައެވެ. އެ ބެނާ ނަގާފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެެއްގެ ދަށުންނެެވެ.
ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރު ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ނިންމާލާފައެވެ. އިންޑިޔާ އައުޓް ބެނާ ނެގި މައްސަލަައިގެ ހުކުމް އިއްވަން ހައިކޯޓުގައި ތާވަލްކޮށްފައިވަަނީ އާދިއްތަ ދުވަހުގެ މެންދުރުއެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނެގި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެބެނާ ނަގަން ހުއްދަ ހޯދި ގޮތާއި އެބެނާ ނެގި ސަބަބާއި އަދި އެފަދަ ހުއްދައަކަށް އެދުނީ ކޮން އުސޫލަކުން ކޮން ގާނޫނީ ހައިސިއްޔަތަކުންކަމާމެދު ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ފުލުހުންނަށް ގިނަ ސުވާލުތަކެއް ފަނޑިޔާރުންގެ ފަރާތުން އަމާޒުކުރައްވާފައެވެ. ފުލުހުންނަށް އެފަދަ ގިނަ ސުވާލުތަކަށް ޖަވާބު ދެވިފައެެއް ނުވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިހުރި "އިންޑިއާ އައުޓު" ބެނާ ނެގުމަށް އެ ގެއަށް ވަނުމުގެ ކޯޓު އަމުރު ހޯދީ ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު