މާލޭގެ އިމާރާތެއްގެ މަތިން ވެއްޓިގެން ހޯދަމުންދިޔަ ކުއްޖާ ހެޔޮ ހާލުގައި ހުއްޓާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ މާލޭގެ އިމާރާތަކުން ކުޑަކުއްޖަކު ވެއްޓިފައިވާކަމަށާއި ވއްތުނު ކުއްޖާ ނުފެނިގެން ހޯދަމުންދާކަމަށް ބުނެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ. ނަމަވެސް އޭގެފަހުން މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މިރޭ 21:47 ހާއިރު އެކުއްޖާ ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު