އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ) ގެ ފަރާތުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ޒިޔާރަތްކޮށް "ބްރޭކިން ބެރިއަރސް"ގެ ނަމުގައި ހަރަކާތެއް ހިންގައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު "އަސްބާ" އިން ހިންގި މިހަރަކާތާއި ބެހޭގޮތުން މަޢުލޫމާތު ދެމުން އެޖަމިއަޔާއިން ބުނީ މި ދަތުރުގެ މައިގަނޑު މަޤުޞަދަކީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަަޒުގައި ތިބޭ ޚާއްޞަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންގެ ސިއްޙީ ހާލަތު ގާތުން ބަލައި، އެމީހުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުވުން ކަމަށެވެ.
އެ ޖަމިއްޔާގެ ފަރާތުން މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ޓީމުގައި ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުންނާއީ، ނަރުހުން ވެސް ހިމެނެއެވެ.
މިދަތުރުގައި "އަސްބާ" ގެ މެޑިކަލް ޓީމާއި އެ މަރުކަޒުގެ މެޑިކަަލް އެންޑް ކެއަރ ޓީމުން ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދީ، އެ މަރުކަޒުގެ ކަންކަން ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވިދާނެ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެ މުސްތަޤުބަލުގައި "އަސްބާ" ގެ ފަރާތުން ޓެކްނިކަލް ޓީމްތަކާއި އެހެނިހެން ޕާޓްނަރުން މެދުވެރިކޮށް އިތުރު އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާާއި ގުޅޭގޮތުން މަރުކަޒުގެ އިސްވެރިންނާއި މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، "އަސްބާ" ޓީމުގެ މެންބަރުން، އެ މަރުކަޒު ބައްލަވާލައްވައި އެ ތަނުގެ މުވައްޒަފުންނާއި އެތަނުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއެކު އުފާވެރި ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެއްވިއެވެ.
"އަސްބާ"އިން ހިންގި މި ޙަރަކާތުގައި އެ ޖަމިއްޔާގެ ރައީސާ އަދި ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުޙައްމަދު ދީދީއާޢި، އެ މިނިސްޓްރީގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުގައި މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ބައިވެރިވެޑައިގެންނެވީ އަސްބާގެ ރައީސާގެ ދައުވަތަކަށެވެ. މިއީ ޑޮކްޓަރުންނާއި ނަރުހުން ވެސް ހިމެނޭ ގޮތަށް މެޑިކަލް ޓީމަކާއެކު ޖަމިއްޔާއަކުން ގުރައިދޫ މަރުކަޒަށް ކުރި ފުރަތަމަ ދަތުރެވެ.
"އަސްބާ" އަކީ މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަށާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތެއް ޤާއިމުކޮށް އެހީތެރިކަން ފޯރުކޮށްދީ ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް އަންހެނުން ދަރިމައިވުމުގައި ދިމާވެފައިވާާ މައްސަލަތަކާއި އަދި މި ނޫނަސް މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވެފައިވާ ދާއިރާތަކަށް އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

މުޖުތަމަޢުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތެއް ޤާއިމުކޮށް އެހީތެރިކަން ފޯރުކޮށްދީ ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް އަންހެނުން ދަރިމައިވުމުގައި ދިމާވެފައިވާާ މައްސަލަތަކާއި އަދި މިނޫނަސް މުޖުތަމައުގައި ޚާއްސަ(1/2) pic.twitter.com/ZLnGLPzhoB
— ASBA - Association for Social Benefits & Aid (@ASBAmv) May 27, 2022
މިދަތުރުގައި "އަސްބާ" ގެ މެޑިކަލް ޓީމާއި އެ މަރުކަޒުގެ މެޑިކަަލް އެންޑް ކެއަރ ޓީމުން ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދީ، އެ މަރުކަޒުގެ ކަންކަން ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވިދާނެ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެ މުސްތަޤުބަލުގައި "އަސްބާ" ގެ ފަރާތުން ޓެކްނިކަލް ޓީމްތަކާއި އެހެނިހެން ޕާޓްނަރުން މެދުވެރިކޮށް އިތުރު އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާާއި ގުޅޭގޮތުން މަރުކަޒުގެ އިސްވެރިންނާއި މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، "އަސްބާ" ޓީމުގެ މެންބަރުން، އެ މަރުކަޒު ބައްލަވާލައްވައި އެ ތަނުގެ މުވައްޒަފުންނާއި އެތަނުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއެކު އުފާވެރި ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެއްވިއެވެ.
"އަސްބާ"އިން ހިންގި މި ޙަރަކާތުގައި އެ ޖަމިއްޔާގެ ރައީސާ އަދި ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުޙައްމަދު ދީދީއާޢި، އެ މިނިސްޓްރީގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުގައި މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ބައިވެރިވެޑައިގެންނެވީ އަސްބާގެ ރައީސާގެ ދައުވަތަކަށެވެ. މިއީ ޑޮކްޓަރުންނާއި ނަރުހުން ވެސް ހިމެނޭ ގޮތަށް މެޑިކަލް ޓީމަކާއެކު ޖަމިއްޔާއަކުން ގުރައިދޫ މަރުކަޒަށް ކުރި ފުރަތަމަ ދަތުރެވެ.
"އަސްބާ" އަކީ މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަށާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތެއް ޤާއިމުކޮށް އެހީތެރިކަން ފޯރުކޮށްދީ ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް އަންހެނުން ދަރިމައިވުމުގައި ދިމާވެފައިވާާ މައްސަލަތަކާއި އަދި މި ނޫނަސް މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވެފައިވާ ދާއިރާތަކަށް އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ.
ކިޔުންތެރިންގެ ހިޔާލު